ޓްރޭޑް މާކެޓް ފެސްޓިވަލް އަންނަ ބުދަ ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.
މި މަހުގެ 27 އިން އޭޕްރީލް މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ މި ފެސްޓިވަލް އަކީ ސްޓްރައިވް އިވެންޓްސް އެންޑް އެންޓަޓެއިންމެންޓުން ރޯދަމަހާއި ދިމާކޮށް ހެޔޮ އަގުގައި އެކި ބާވަތުގެ މުދާ ފޯރުކޮށްދިނުމަށްޓަކައި ބާއްވާ ފެސްޓިވަލްއެކެވެ. މި ފެސްޓިވަލް ގައި 200 ވިޔަފާރި ސްޓޯލް ބެހެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
ސްޓްރައިވް އިން ބުނަނީ މި ފެސްޓިވަލްގައި، ސްޓޯލް ތަކުގެ އިތުރަށް ރަނގަޅު ކާނާގެ ބާވަތްތަކާއި، މުނިފޫހި ފިލުވުމުގެ ގޮތުން އެކި ހަރަކާތްތައް ކުރިއަށް ދާނެ ކަމަށެވެ.
މީގެ އިތުރުން، މި ފެސްޓިވަލުން ލިބޭ ފައިދާގެ %30 ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްޤުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް