ޗައިނާގެ ކެމިކަލް ޕްލާންޓެއް ގޮވައި 47 މީހުން މަރުވެއްޖެ

ޗައިނާގެ ކެމިކަލް ޕްލާންޓެއް ގޮވައި، 47 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ. އިއްޔެ ޗެންޖިގެންގް އިންޑަސްޓްރިއަލް ޕާކުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ހުކުރު ދުވަހުގެ ދަންވަރު ތިނެއް ޖ...

22 Mar 2019 | 10:51

ޗައިނާގެ ކެމިކަލް ޕްލާންޓެއް ގޮވައި، 47 މީހުން މަރުވެ، ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.

އިއްޔެ ޗެންޖިގެންގް އިންޑަސްޓްރިއަލް ޕާކުގައި ރޯވި އަލިފާން ކޮންޓްރޯލް ކުރެވުނީ ހުކުރު ދުވަހުގެ ދަންވަރު ތިނެއް ޖެހި އިރު ކަމަށް ސްޓޭޓް ޓީވީ އިން މައުލޫމާތު ލިބެއެވެ. ޕްލާންޓްގައި ރޯވި އަލިފާންގަނޑު، ކައިރި ހުރި ފެކްޓްޜީ ތަކަށް ވެސް ފެތުރުނު ކަމަށާއި، ކުޑަ ކުދިންނަށް ކިޔަވައިދޭ ތަނެއްގައި  ތިބި ކުޑަ ކުދިންނަށް ވެސް ވަނީ އަނިޔާވެފައިވާކަމަށް މީޑިއާ ތަކުން މައުލޫމާތު ލިބެއެވެ.

މި ހާދިސާގައި އަނިޔާވި 640 މީހުންނަށް ފަރުވާދިނުމަށް 16 ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި އޭގެ ތެރެއިން 32 މީހެއްގެ ހާލު ސީރިއަސް ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް