ގެމަނަފުށީ ޒުވާނުންގެ އެލްކުލެސިކޯ މިރޭ

ގެމަނަފުށީ ޒުވާނުންގެ މެދުގައި ކުޅޭ އެކުވެރިކަމުގެ އެލްކުލެސިކޯ ފުޓްބޯޅަމެޗް މިރޭ އޮންނާނެއެވެ. މި މެޗު އިންތިޒާމްކުރާ ފަރާތުން ހާމަކުރާގޮތުގައި މި މެޗަކީ ގެމަނަފުށީ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފ...

22 Mar 2019 | 10:14

ގެމަނަފުށީ ޒުވާނުންގެ މެދުގައި ކުޅޭ އެކުވެރިކަމުގެ އެލްކުލެސިކޯ ފުޓްބޯޅަމެޗް މިރޭ އޮންނާނެއެވެ.

މި މެޗު އިންތިޒާމްކުރާ ފަރާތުން ހާމަކުރާގޮތުގައި މި މެޗަކީ ގެމަނަފުށީ ޒުވާނުންގެ މެދުގައި ފުޓްބޯޅައިގެ ފޯރި އިތުރުކޮށް ވާދަވެރިކަން އިތުރުކުރުމަށް ކުޅެވޭ މެޗެކެވެ. މި މެޗްގައި ބައްދަލުކުރަނީ ބާސެލޯނާ ފޭންސް އާއި ރިއަލް މެޑްރިޑް ފޭންސް އެވެ. މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައި މާފަންނު ޓާފް އެކެއްގައެވެ. މިއީ ގެމަނަފުށީ ޒުވާނުންގެ ތެ ރެއިން މި ދެޓީމަށް ސަޕޯޓްކުރާ ކުޅުންތެރިންގެ މެދުގައި ކޮންމެ އަހަރަކު ކުޅޭ ފޯރިގަދަ މެޗެކެވެ. މި މެޗް ކުޅޭތާ މިހާރު ތިން އަހަރު ވަނީ ވެފައެވެ.

މި މެޗް އިންތިޒާމް ކުރާ ފަރާތުން ބުނީ މިއީ މި ދެޓީމުގެ ސަޕޯޓަރުންގެ މެދުގައި ފުޓްބޯޅައިގެ ވާދަވެރިކަމާއި ސަޕޯޓް ކުރުމުގެ ވާދަ އިތުރުކޮށް މި ވާދަވެރިކަމުގެ ތެރެއިން އެކުވެރިކަން އާލާކޮށް މިއީ އެއްބައެއްކަން އަންގައިދިނުމަށް ކުޅޭ މެޗެއް ކަމަށެވެ.

މި މެޗް ކުޅޭތާ ތިން އަހަރު ވެފައިވާއިރު މިހާތަނަށް ކުޅުނު މެޗްތަކުގެ ތެރެއިން ފުރަތަމަ މެޗް އެއްވަރުވެފައިވަނީ ދޭއް ދޭއްގެ ނަތީޖާއަކުންނެވެ. އަދި ދެވަނަމެޗް ނިމިފައިވަނީ ތިނެއް ތިނަކުންނެވެ. ނަމަވެސް ތިންވަނަ މެޗްގައި ފަހެއް ދޭކުން ބާސެލޯނާވަނީ ރިއަލްމެޑްރިޑްގެ މައްޗަށް ކުރިހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް