ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ. މި ހާލަތު ނިމުނުކަން އިއުލާނު ކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫ...

22 Mar 2018 | 07:16

ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިދިޔަ މަހުގެ ފަސް ވަނަ ދުވަހު އިއުލާނު ކުރި ކުއްލި ނުރައްކަލުގެ ހާލަތު އުވާލައިފި އެވެ.

މި ހާލަތު ނިމުނުކަން އިއުލާނު ކޮށްފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެވެ.

މި ހާލަތު ނިމުނުކަން އިއުލާނު ކުރައްވަމުން ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވީ ކުއްލި ނުރައްކަލުގެ ހާލަތު މިއަދު މެންދުރު 12 އިން ފެށިގެން ނިމުމަކަށް އައިސްފައިވާކަމަށެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާއިރު މިދިޔަ މަހުގެ ފަސްވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ގައުމުގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރެއްވީ 15 ދުވަހަށެވެ. އެއަށްފަހު ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް އެ މުއްދަތު 30 ދުވަހަށް އިތުރުކޮށް 45 ދުވަހަށް ދަންމާލި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް