ދުވަހުގެ ކެއުން ކަދުރުން ފަށަންވީ މިހެންވެ!

ބައެއް ކާއެއްޗިއްސަކީ ހެނދުނު ހެލާ ގޮތަށް އެންމެ ފުރަތަމަ ކެއުން ރަނގަޅު އެއްޗިއްސެއް ނޫނެނެވެ. އޭގެ ތެރޭގައި ދޮންކެޔޮ ހިމެނޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ. އެކަމަކު ފަޅޯ، މާމުއި، އަދި ކަދ...

22 Mar 2018 | 02:50

ބައެއް ކާއެއްޗިއްސަކީ ހެނދުނު ހެލާ ގޮތަށް އެންމެ ފުރަތަމަ ކެއުން ރަނގަޅު އެއްޗިއްސެއް ނޫނެނެވެ. އޭގެ ތެރޭގައި ދޮންކެޔޮ ހިމެނޭ ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެ އެވެ.

އެކަމަކު ފަޅޯ، މާމުއި، އަދި ކަދުރާއި ކަރާ އަކީ ހެނދުނު ހެނދުނާ ކެއުމުން ހަށިގަނޑަށް ވަރަށް ފައިދާ ކުރާ ކާނާ އެވެ. މީގެ އިތުރުން ދުވަސް ފެށުމަށް ތާފަނާ ފެންތައްޓެއް ބޯލުމަކީވެސް ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކަމެކެވެ.

ފާހަގަ ކޮށްފައިވާ ކާއެއްޗެހީގެ ތެރެއިން ހެނދުނުގެ ސައިގެ ކުރިން ކެއުން އެންމެ ރަނގަޅީ ތާފެނާ ފެނުގެ އިތުރުން ކަދުރެކެވެ.

ކަދުރަކީ އޭގައި ވަރަށް ވަރުގަދަ އަށް ހަކަތަ އެކުލެވިގެންވާ އެއްޗެކެވެ. އޭގެ ސަބަބުން ހަކަތައާއި އެކު ދުވަހުގެ ފެށުން ރަނގަޅު ކޮށްދެ އެވެ. ކަދުރުގައި ފައިބަރުވެސް ހަށިގަނޑަށް އެންމެ ބޭނުން މިންވަރަށް އެކުލެވިގެންވެ އެވެ.

ކަދުރުގައި އެކުލެވޭ ފައިބަރުގަ ހިމެނޭ ފެނުގެ ސަބަބުން އަވަހަށް ހަޖަމްވާން ފަސޭހަވެ އެވެ.އަދި ބަނޑޫ ކެއްކުމުން ދުރުކޮށްދޭނެ އެވެ.

މީގެ އިތުރުން ބަނޑަށް ލުއިވެ ބޭރަަށް ހިންގުމުން ދުރުކޮށްދެ އެވެ. އެހެން ކަމުން އާންމުކޮށް ގަވައިދުން ހެނދުނާ ކަދުރެއް ކާލާނަމަ ރަނގަޅު ސިއްހަތެއްގައި ހުރުމަށް މަގުފަހި ކޮށްދޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް