އިންޑިއާގެ މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާގެ އާ ޝޯ "ފެމިލީ ޓައިމް ވިތް ކަޕިލް" ލޯންޗު ކުރުމުގެ ހަފްލާ އޭނާ ފަހުވަގުތު ކެންސަލް ކޮށްލައިފި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އޭނާ އެ ޝޯ ކެންސަލްކޮށްލީ ކުރީގެ އެކުވެރިޔާ ސުނިލް ގްރޯވަރާއި ދެމީހުންގެ މެދުގައި ޓުވިޓާގައި ހިނގި ޒުވާބަކަށް ފަހު އެވެ. މި ޒުވާބާއި ގުޅިގެން ކަޕިލް ވަނީ ވަރަށް ހިތްދަތިވެފައި ކަމަށާއި ޝޯގެ ޝޫޓިން ކެންސަލް ކޮށްލީ ފަހުވަގުތު ކަމަށް ރިޕޯޓުތައް ބުނެ އެވެ.
ސުނިލްގެ މި އަމަލާއި ގުޅިގެން ޝޯގެ ޕްރޮޑަކްޝަން ޓީމާއި ޝޯ ދައްކާ ސޮނީ ލަދުގަންނަން ޖެހުނު ނަމަވެސް އެމީހުން އޭނާ ދެކެ ރުޅި އައިސްފައި ނުވާ ކަމަށްވެ އެވެ. އެމީހުން ބުނެފައިވަނީ ވޭތުވެ ދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކަޕިލްގެ ދިރިއުޅުމުގައި ދިމާވި ކަންކަމާ ގުޅިގެން އޭނާ އަށް ވަނީ ފުން އަސަރުތަކެއް ކޮށްފައި ކަމަށެވެ.
ސުނިލް އަކީ މިދިޔަ އަހަރު ސޮނީއިން ދެއްކި "ދި ކަޕިލް ޝަރްމާ ޝޯ" ގައި އޭނާ އާއި މަސައްކަތް ކުރި ވަރަށް ގާތް މީހެކެވެ. ކޮމީޑިއާން ސުނިލް އާއި ކަޕިލް އާއި ދެމެދު މައްސަލަ ޖެހުނީ ގައުމުން ބޭރަށް ކުރި ދަތުރަކަށް ފަހު އެނބުރި އައި ފްލައިޓު ތެރޭގައި ކަޕިލް ރާ ބޮއެގެން ހުރެ އޭނާ އާއި ދިމާލަށް އެއްޗެހި ކިޔަން ފެށުމުން ކަމަށްވެ އެވެ.
ފްލައިޓު ތެރޭގައި ދެމީހުން ވަރަށް ޒުވާބުކޮށްފައިފާއިރު އެ މައްސަލަ ގަނޑުގެ ތެރޭގައި އެ ޝޯގައި ހިމެނުނު ގިނަ ތަރިން ޝޯ އާއި ވަކިވެގެން ގޮސްފައިވެ އެވެ. އެކަމާ ގުޅިގެން އެ ޝޯ ވަނީ ހުއްޓާލަން ޖެހިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް