ވޯ ކޯން ތީ ގެ ރިމޭކް ގައި އައިޝްވާރާ ބައިވެރި ކުރެވޭތޯ ބަލަނީ

ބޮލީވުޑްގައި 1964 ވަނަ އަހަރު ރިލީޒް ކުރި "ވޯ ކޯން ތީ" ގެ ރިމޭކްގައި އައިޝްވާރިއާ ރާއީ ބައްޗަން ހިމެނޭތޯ މަސައްކަތް ފަށައިފި އެވެ. އެ ފިލްމުގެ ރިމޭކް އުފައްދަން މަސައްކަތް ކުރާ ކްރިއާޖް އެންޓަޓެއިންމެ...

22 Mar 2018 | 02:03

ބޮލީވުޑްގައި 1964 ވަނަ އަހަރު ރިލީޒް ކުރި "ވޯ ކޯން ތީ" ގެ ރިމޭކްގައި އައިޝްވާރިއާ ރާއީ ބައްޗަން ހިމެނޭތޯ މަސައްކަތް ފަށައިފި އެވެ.

އެ ފިލްމުގެ ރިމޭކް އުފައްދަން މަސައްކަތް ކުރާ ކްރިއާޖް އެންޓަޓެއިންމެންޓިގެ ފަރާތުން ޕްރޭނާ އަރޯރާ ބުނީ އަސްލު ފިލްމުގައި ފެނިގެން ދާ އަންހެން ބަތަލާ ސަދާނާގެ ރޯލަށް އެންމެ ފިޓުވާ މިހާރުގެ ބަތަލާ އަކީ އައިޝްވާރިއާ ކަމަށެވެ. އަދި އައިޝްވާރިއާ ގައިގަ އެ ރީތިކަމާއި ލޯބީގެ މަންޒަރުތަކުން ކުޅޭ އިރު ސަދާނާގެ ސިފަތައް ފެންނާނެތީ އެނޫން މީހަކު އެ ރޯލަށް ފިޓު ނުވާ ކަމަށެވެ.

އަދި އެ ފިލްމުގައި ހިމެނޭ މަޝްހޫރު ދެ ލަވައެއްގެ ރިމޭކްގައިވެސް އެންމެ އެދެނީ އައިޝްވާރިއާ ފެނުން ކަމަށް ޕްރޭނާ ބުނެފައިވެ އެވެ. އެކަމަކު އަދި އެ ފިލްމު ކުޅުމާއި ގުޅޭގޮތުން އެ ޓީމުން އައިޝްވާރިއާ އާއި އެކު މަޝްވަރާއެއް ނުކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި "ވޯ ކޯން ތީ" ގެ ރިމޭކްސްގައި އޭގެ އަސްލު ފިލްމުގައި ބަތަލްގެ ބައި ކުޅުނު މަނޯޖް ކުމާރުގެ  ބައި ކުޅުވަން ހަމަޖައްސާފައިވަނީ ޝާހިދު ކަޕޫރު ލައްވަ އެވެ. އެކަމަކު މިކަމަށްވެސް އަދި އެއްބަސް ވުމަކަށް ނާދެ އެވެ.

ޕްރޭނާ ބުނީ އޭރު ވަރަށް މަޝްހޫރުވި މި ފިލްމުގެ ރިމޭކްސް ހަދަން ނިންމީ އެ ތަރިންގެ މަތިން ހަނދާކޮށް ޝުކުރު އަދާ ކުރުމުގެ ގޮތުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް