ކުރީގެ ސީޕީ އަރީފު އަދި ނަދީމްވެސް ޝަރީއަތް ނިމެންދެން ބަންދު

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ. މި ދެބޭފުޅުންގެ މައްޗަށްވެސް ދައުލ...

22 Mar 2018 | 01:25

ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފާއި ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

މި ދެބޭފުޅުންގެ މައްޗަށްވެސް ދައުލަތުން އުފުލާފައިވަނީ ޓެރިރަމްގެ ދައުވާ އެވެ.

މި ދެބޭފުޅުންގެ މުއްދަތު މަޖިލީސް ނިމުނީ ރޭ ވަރަށް ދަންވި ފަހުންނެވެ. އޭގެ ތެރެއިން ނަދީމް އިއްޔެ ހަވީރު 5:3 އަށް ކޯޓަށް ހާޒިރު ކުރި ގޮތަށް ޝަރީއަތ ްފެށީ ދަންވަރު 12 ޖެހިފަހުންނެވެ.

މި ދެ ބޭފުޅުންގެ އިތުރުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު، ފަނޑިޔާރު އަލީ  ހަމީދު ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް، ދިއްގަެު ދާއިރާގެ މެންބަރު ފާރިސް މައުމޫން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާއިމް އިބްރާހިމްގެ ދަރިކަލުން ފާރިސް މައުމޫން އަދި ޖުޑީޝަލް އެޑް މިނިސްޓްޜޭޓަރު ހަސަން ދައީދުވެސް ވަނީ  ދައުލަތުން އުފުލާފައިވާ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރު ކޮށްފައި އެވެ.

މީގެ ތެރެއިން ހަސަން ސައީދާއި، ސިޔާދު ފިޔަވާ ދެން ތިބި ބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ ދައުވާ އެވެ. އެ ދެބޭފުޅުންގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް