ކީރިތި ގުރްއާނާ ބެހޭ ރިސާޗް ސެންޓަރެއް ރާއްޖޭގައި ގާއިމް ކުރުމަށް ނިންމައިފި އެވެ.
މި ސެންޓަރު ގާއިމް ކުރަނީ ސޫދާނުގެ ޔުނިވާސިޓީ އޮފް ގުރްއާން އެންޑް އިސްލާމިކް ސައިންސަސް އާއި ކީރިތި ގުރްއާނާ ބެހޭ މަރުކަޒާ ގުޅިގެންނެވެ. މިކަމުގެ އެއްބަސްވުމެއްގައި އިއްޔެ ވަނީ ދެ މުއައްސަސާއިން ސޮއި ކޮށްފައި އެވެ.
މި އެއްބަސްވުމުގައި ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ފަރާތުން ސޮއި ކުރެއްވީ ރައީސް އިބްރާހީމް ރަޝީދު މޫސާއެވެ. ސޫދާން ޔުނިވާސިޓީގެ ފަރާތުން ސޮއި ކުރެއްވީ އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ އަހުމަދު ސައީދު ސަލްމާނެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ އެ އެއްބަސްވުމުގެ ދަށުން ރިސާޗް ސެންޓަރެއް ގާއިމް ކުރުމުގެ އިތުރުން ގުރްއާނުގެ އިލްމު ފުޅާ ކުރުމަށް ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރަން ނިންމާފައިވާ ކަމަށެވެ.
ކީރިތި ގުރުއާނާ ބެހޭ މަރުކަޒުގެ ރައީސް އިބްރާހިމް ރަޝީދު މޫސާ މިދިޔަ އަހަރު ސޫދާނަށް ޒިޔާރަތް ކުރައްވައި ގުރްއާނުގެ އިލްމު ފުޅާ ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް