ރާއްޖޭގައި ހުމާއި ރޯގާއާއެކު އެޗް1އެން1 އިންފްލުއެންޒާ ފެތުރެމުން އަންނައިރު މިކަމާއި ގުޅިގެން ގާއިމްކޮށްފައިވާ ފްލޫ ކްލިނިކް ތަކުގެ ތެރެއިން އޭޑީކޭގެ ފްލޫ ކްލިނިކް މާދަމައިން ފެށިގެން ނުހިންގާނެ ކަމުގައި އޭޑީކޭއިން ހާމަކޮށްފި އެވެ.
އޭޑީކޭއިން މިކަން ހާމަކޮށްފައިވަނީ މިރޭ ކޮށްފައިވާ ޓްވީޓެއްގަ އެވެ. އެ ޓްވީޓްގައި މިއަދު އޭޑީކޭގެ ފްލޫ ކްލިނިކުން ހިދުމަތް ހޯދި މީހުންގެ ތަފްސީލާއި މިއަދުގެ ތަފާސް ހިސާބުތައް އާއްމުކޮށްފައި ވެ އެވެ.
https://twitter.com/ADKHospital/status/844603392093708289
"މިއަދު ފްލޫ ކްލިނިކަށް ޖުމްލަ 108 މީހުން ދައްކާފައިވެ އެވެ. އެއީ 51 އަންހެނުންނާއި 57 ފިރިހެނުންނެވެ. މީގެ ތެރެއިން އެކަކަށް ހޮސްޕިޓަލުން ފަރުވާ ދޭން ޖެހިފައި ވެ އެވެ. އެއްވެސް މީހަކަށް އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހިފައެއް ނުވެ އެވެ." އޭޑީކޭއިން މިރޭ އާއްމުކޮށްފައިވާ ތަފާސް ހިސާބުގައި ބުނެފައި ވެ އެވެ.
އޭޑީކޭގެ ފްލޫ ކްލިނިކް މާދަމައިން ފެށިގެން ނުހިންގާނެކަން އެ ހޮސްޕިޓަލުން ހާމަކޮށްފައިވާއިރު އެޗްޕީއޭއިން މިއަދު އާއްމުކުރި ތަފާސް ހިސާބަށް ނަޒަރު ހިންގާލާއިރު އެޗް1އެން1 ޖެހިފައިވާ ޖުމްލަ 33 މީހަކު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަން ފާހަގަ ކޮށްފައި ވެ އެވެ. މި އަހަރުގެ މިހާތަނަށް އެޗް1އެން1 ޖެހިފައިވާ މީހުންގެ ޖުމްލަ އަދަދަކީ 169 ކަމުގައިވެސް އެޗްޕީއޭގެ ތަފާސް ހިސާބުގައި ފާހަގަކޮށްފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް