ކ.ގުރައިދޫގައި މުވައްޒަފުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފުލުހުން ފަށައިފި

ކ. ގުރައިދޫ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުމުގެ ޕޮރޮގްރާމެއް އެރަށުގެ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ. މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ މައްސަލަތަކަށް މުވައްޒަފުން ހޭލުންތެރި ކުރ...

22 Mar 2017 | 17:29

ކ. ގުރައިދޫ ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުން ހޭލުންތެރި ކުރުމުގެ ޕޮރޮގްރާމެއް އެރަށުގެ ޕޮލިސް ސްޓޭޝަނުން ފަށައިފިއެވެ.

މި ޕްރޮގްރާމަކީ މަސްތުވާތަކެތީގެ މައްސަލަތަކަށް މުވައްޒަފުން ހޭލުންތެރި ކުރުމާއި ލީޑާރޝިޕް އެންޑް ލައިފް ސްކިލް ހުނަރުތައް އިތުރުކުރުމަށް ހިންގާ ޕްރޮގުރާމެއްކަމަށް މޯލޑިވްސް ޕޮލިސް ސާރވިސްގެ މީޑިޔާ އިން ވަނީ ހާމަކޮށްފައެވެ.

ގުރައިދޫ ސްކޫލުގައި އިއްޔެ ފަށާފައިވާ މި ޕްރޮގުރާމުގައި މަސްތުވާ ތަކެތީގެ ޝިކާރައަކަށްވެފައިވާ މީހުންނާއި މުޢާމަލާތް ކުރާނެ ގޮތްތަކާއި، މައްސަލަ ހައްލުކުރުމާއި ވާހަކަ ދެއްކުމުގެ ހުނަރާއި އަމިއްލަ ނަފުޞު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދެވޭނެކަމަށްވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުން އިތުރަށް ބުނީ ގުރައިދޫގެ އެކި މުއައްސަސާތަކުން 17 މުވައްޒަފުން ބައިވެރިވެފައިވާއިރު މި ޕްރޮގްރާމަކީ ކުރިއަށް އޮތް ފަސް ދުވަހަށް ދެމިގެންދާނެ ކަމަށާއި މި ޕްރޮގްރާމުގައި މަޢުލޫމާތު ދެއްވަނީ ނޭޝަނަލް ޑްރަގް އެޖެންސީގެ ބޭފުޅުންނާއި ސޮސައިޓީ ފޯރ ސޯޝަލް ސާރވިސްގެ ބޭފުޅުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް