ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކޮށްފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް ފްރީޒް ކޮށްފި އެވެ. ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކ...

22 Mar 2017 | 17:18

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އެންޑް ޓްރޭޑިންގެ އެކައުންޓްތައް ފްރީޒް ކޮށްފި އެވެ.

ވިލާ ޝިޕިންގެ އެކައުންޓްތައް ފްރީޒް ކޮށްފައިވާއިރު ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއަރސްގެ އެކައުންޓްތައްވެސް ވަނީ ފްރީޒް ކޮށްފަ އެވެ.

ވިލާގެ އިސް ބޭފުޅަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކައުންޓްތައް ފްރީޒްކުރިކަން އެނގިވަޑައިގަތީ އިމިގްރޭޝަންގެ ޚިދުމަތްތައް ނުލިބުމުން، އެކަން މީރާ އިން އެކަން ސާފުކުރުމުން ކަމަށެވެ. އަދި އެކައުންޓްތައް ފްރީޒްކުރިކަން މިރޭ 9:30 ގައި އީމެއިލްގެ ޒަރީއާއިން ރަސްމީކޮށް މީރާ އިން ވިލާ ޝިޕިން އަށް އަންގާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.

ގާސިމް އިބްރާހީމްގެ ވިލާ ޝިޕިން އާއި ޖާބިރު ޔޮޓް ޓުއަރސްގެ އެކައުންޓްތައް ފްރީޒް ކޮށްފައިމިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ ހޯމަ ދުވަހަށް ތާވަލް ކޮށްފައިވަނިކޮށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް