ޖާބިރުގެ ޔޮޓް ޓުއާޒްގެ އެކައުންޓުތައް ފްރީޒް ކޮށްފި

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާޒްގެ ހުރިހާ އެކައުންޓުތަކެއް ފްރީޒްކޮށްފި އެވެ. އެކައުންޓުތައް ފްރީޒް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ކުންފުނީގެ އެކައުންޓުތައ...

22 Mar 2017 | 10:37

ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ޖާބިރުގެ ކުންފުނި ޔޮޓް ޓުއާޒްގެ ހުރިހާ އެކައުންޓުތަކެއް ފްރީޒްކޮށްފި އެވެ.

އެކައުންޓުތައް ފްރީޒް ކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. އެ ކުންފުނީގެ އެކައުންޓުތައް ފްރީޒްކޮށްފައިވަނީ އެ ކުންފުންޏަށް ދޫކޮށްފައިވާ ހއ. އަލިދޫ އާއި ހއ. ބީނާފުށީގެ ކުއްޔާއި ޓެކްސްގެ މައްސަލައިގައި އެވެ.

މި މައްސަލައިގަ ޖާބިރު މީޑިއާގައި ވިދާޅުވީ ކޯތުގައި ހިނގަމުންދާ މައްސަލައެއްގައި ގޮތެއް ނުނިންމަނީސް އެކައުންޓުތައް ފްރީޒް ނުކުރެވޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކުންފުނިތަކުގެ އެކައުންޓު ފްރީޒް ކުރުމަކީ ސަރުކާރުގެ ވެރިންގެ ފޯނު ކޯލަކުން ކުރެވޭ ކަމަށް ހަދާފައިވާ ކަމަށެވެ.

ޖާބިރު ވިދާޅުވީ އޭނާގެ އަތުން ވެސްޓް ޕާކާއި، ހިންމަފުށީ ބޯޓްޔާޑް އަތުލައި، މުޅި ވިޔަފާރި އެއްކޮށް ފުނޑުފުނޑު ކޮށްލަމުންދާ ކަމަށެވެ. އޭނާގެ ކުންފުންޏަށް ގެއްލުންދީ އެކައުންޓުތައް ފްރީޒް ކުރަން ފަށާފައިވަނީ ސަރުކާރާ ހިޔާލު ތަފާޓުވުމުން ކަމަށް ޖާބިރު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ޖާބިރު ވިދާޅުވީ އެކައުންޓްތައް ފްރީޒްކޮށް، ހުރިހާ މުދަލެއް އަތުލިޔަސް ދެން ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް