ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ އޮފީސް، ހ. ތެމާގައި ނަގާފައި ހުރި ގައުމީ ދިދަ ފުލުހުން ބާލައިފި އެވެ.
ފުލުހުން ވަނީ މިމަހުގެ 10 ވަނަދުވަހު އެ އޮފީހުގައި ނަގާފައިވާ ދިވެހި ގައުމީ ދިދަ ނަގަން ޕީޕީއެމްގެ ރައިސްގެ އޮފީހަށް އަންގާފައި އެވެ. އަދި އެ ދުވަހު ފުލުހުން އެ އޮފީހަށް ދިޔަ އެވެ. އެކަމަކު އެ ދުވަހު ނުނެގި ސަބަބެއް ނޭނގެ އެވެ.
އެ ދިދަ ނަގަން ފުލުހުން އެންގީ މިމަހުގެ ނުވަ ވަނަ ދުވަހު އަމަލު ކުރަން ފެށި ދިވެހި ގައުމީ ދިދަ ބޭނުން ކުރުމާއި ބެހޭ އުސޫލުގެ ދަށުންނެވެ. ޕީޕީއެމް ރައީސް އޮފީހުގައި ހުރި ދިދަ ފުލުހުން ނެގުމުން އެކަމާއި ގުޅޭގޮތުން އެ އޮފީހުން އަދި އެއްޗެއް ނުބުނެ އެވެ.
އެ އުސޫލުގައި ވާގޮތުން ގައުމީ ދިދަ ނަގަން ޖެހެނީ ދައުލަތުގެ މުއައްސާސަތާއި ސިޔާސީ ޕާޓީތަކުގެ އޮފީސްތަކުގައި ކަމަށެވެ. ހުއްދަ ނުހޯދާ ދިވެހި ދިދަ ބޭނުން ކުރެވެނީ އާންމުކޮށް ބާއްވާ އެއްވުންތަކުގައި އާއި ކަނޑުގައި ދުއްވާ އުޅަނދުތަކުގައި ދިވެހި އުޅަނދެއްކަން ދައްކައި ދިނުމުގެ ގޮތުންނެވެ. އަދި އާންމުކޮށް ބާއްވާ ގައުމީ ހަފްލާތަކުގައިވެސް ގައުމީ ދިދަ ބޭނުން ކުރުން ހުއްދަ އެވެ.
މި އސޫލުގެ ދަށުން 24 ގަޑިއިރު ދިދަ ނަގާފައި ބެހެއްޓެނީ ރައިސް އޮފިހާއި ރިޔާސީ ގަނޑުވަރާއި ނައިބު ރައީސްގެ ގެކޮޅާއި، ސުޕްރީމް ކޯޓާއި، އެމްއެންޑީއެފާއި ފުލުހުންގެ އިދާރާގެ އިތުރުން ސިޓީ، އަތޮޅު އަދި ރަށު ކައުންސިލް އިދާރާތަކުގައި އެވެ. އަދި ދިވެހި ދިދައަށްވުރެ މައްޗަށް އެއްވެސް ދިދައެއް ނެގުން މަނަލެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް