ކާޑެއްދޫއަށް މަސްތުވާތަކެތި އެތެރެކުރި އަންހެންމީހާގެ ބަންދަށް 15 ދުވަސް ޖަހައިފި

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ކާޑެއްދޫ އެއާޕޯޓަށް ދަތުރުކުރި ފްލައިޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅެނިށް ހައްޔަރުކުރި އަންހެންމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ. ފުލުހުންގެ ...

22 Mar 2017 | 09:18

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން ފުރައިގެން ކާޑެއްދޫ އެއާޕޯޓަށް ދަތުރުކުރި ފްލައިޓެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅެނިށް ހައްޔަރުކުރި އަންހެންމީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ގދ.ތިނަދޫ ޕޮލިސް ސްޓޭޝަނާއި ގުޅިގެން ހިންގި މި އޮޕަރޭޝަންގައި މިމަހުގެ 20 ވަނަ ދުވަހުގެ ރޭ ކާޑެއްދޫއަށް ޖެއްސި ފްލައިޓުން އަންހެންމީހާ ކާޑެއްދޫއަށް ފޭބިތަނުން ފުލުހުން ވަނީ އޭނާ ހުއްޓުވާ ހައްޔަރުކޮށްފައެވެ. އަދި ފުލުހުން އޭނާގެ ހަށިގަނޑު ބަލާ ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 98 ޕެކެޓްތައް އޭނާގެ ހަށިގަނޑުގައި ރައްކާކޮށްފައި ހުއްޓާ ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ.

27 އަހަރުގެ އެ އަންހެންމީހާއަށް މުއްދަތު ޖަހާފައިވަނީ ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓުންނެވެ.

އެ މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް