މަރުވެފައި އޮތް ތުއްތު ކުއްޖެއް މައްކާގެ ކާރެއްގެ ޑިކީ އިން ފެނިއްޖެއެވެ.
އަލް-ސަހެލް މަގުން ދުއްވާފައި ދިޔަ ކާރެއްގައި ތިބި ދެ މީހަކަަށް ޝައްކު ކުރެވިގެން ފުލުހުން މަޑުކުރަން އެންގުމުންވެސް އެ ކާރު ވަނީ މަޑު ނުކޮށް ބާޜު ސްޕީޑުގައި ގޮސް ފިލަން މަަސައްކަތް ކޮށްފައެވެ. ނަމަވެސް ބަޑި ޖަހައިގެން ފުލުހުން ވަނީ އެ ކާރު ހުއްޓުވާފައެވެ.
ކާރު ދުއްްވަން އިން އިތިއޯޕިއާ މީހާގެ އިތުރުން އެ ކާރުގައި ފަސިންޖަރަކުވެސް އިނެވެ.
ފުލުހުން އެ ކާރު ބަލާފާސްކުރިކުރުމުގައި މަރުވެފައި އޮތް ތުުއްތު ކުއްޖަކު ވަނީ ޑިކީ އިން ފެނިފައެވެ.
ކާރު ދުއްވަން އިން މީހައާ ފުލުހުން ސުވާލުކުރުމުން އޭނާ ބުނީ ޑިކީގައި އޮތް ތުއްތު ކުއްޖައާއި އޭނައާ ދެމެދު އެއްވެސް ގުޅުމެއް ނެތް ކަމަށާއި އެ ވާނީ އޭނާގެ ކާރަށް ކުރިން އެރި ފަސިންޖަރު ޑިކީއަށް ލާފައި އޮތް ކުއްޖެއްކަމަށެވެ. އެ ފަސިންޖަރުު ފައިބާފައިވަނީ ޖިއްދާ އަށް ކަމަށްވެސް ޑްރައިވަރު ވަނީ މައުލުމާތު ދީފައެވެ.
މި މައްސަލަ ސައުދީިގެ ފުލުހުން ދަނީ އިިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް