އިމިގްރޭޝަން ގާނޫނާއި ހިލާފު ވެގެން ލަންކާއިން ހައްޔަރުކޮށްފައި ހުރި ދިވެއްސަކު ފިލައިފި

އަވައްޓެރި ސްރީލަންކާގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ހައްޔަރު ކޮށްފައި ހުރި ދިވެއްސަކު ފިލައިފި އެވެ. އެމީހާ ފިލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ. ލަންކާގެ ނޫހެއް ކަމަށްވާ ސިލޯން ޓުޑޭގައި ބުނެފަ...

22 Mar 2017 | 08:53

އަވައްޓެރި ސްރީލަންކާގެ އިމިގްރޭޝަން ގާނޫނާއި ހިލާފުވެގެން ހައްޔަރު ކޮށްފައި ހުރި ދިވެއްސަކު ފިލައިފި އެވެ.

އެމީހާ ފިލާފައިވަނީ މިދިޔަ ހޯމަ ދުވަހު އެވެ.

ލަންކާގެ ނޫހެއް ކަމަށްވާ ސިލޯން ޓުޑޭގައި ބުނެފައިވަނީ ލަންކާގެ އިމިގްރޭޝަން ޑިޓެންޝަން ސެންޓަރަކުން ފިލާފައިވަނީ ހަތަރު މީހުން ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ ދިވެއްސަކާއި ނައިޖީރިއާ މީހެއްގެ އިތުރުން ތުރުކީ މީހެއް ކަމަށެވެ.

އެ ނޫހުގައި ބުނެފައިވަނީ އެ މައްސަލަ ލަންކާ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ.

އެކަމަކު މިފަދަ ހާދިސާއެއް ހިނގައިގެން އުޅޭކަން ލަންކާގައި ހުންނަ ދިވެހި އެމްބަސީން ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް