ސެންޓާރާ ގްރޭންޑް ރިޒޯޓް އެންޑް ސްޕާއަށް ބައިނަލްއަގްވާމީ ދެ އެވޯރޑް ލިބިއްޖެ އެވެ.
ސްރީލަންކާގެ މައުންޓް ލަވިއާނާ ހޮޓަލުގައި ބޭއްވުނު ސައުތު އޭޝިއަން ޓްރެވެލް އެވޯރޑަކީ ސައުތު އޭޝިއާގެ ޤައުމުތަކުން ފަތުރުވެރިންނަށް ދޭ ޚިދުމަތްތަކާއި މެހެމާންދާރީއަށް ބަލައި ދެވޭ އިންޓަރނޭޝަނަލް އެވޯރޑެކެވެ. މިގޮތުން ޖުމްލަ 30 ކެޓެގެރީ އަކުން އިންޑިއާ، ސްރީލަންކާ އދި ދިވެހިރާއްޖޭގެ ރިސޯޓުތަކާއި ހޮޓާތައް ވަނީ ވާދަ ކޮށްފައެވެ.
މި ހަފްލާގައި ސެންޓާރާ ރެޒޯޓް އެންޑް ސްޕާ މޯލްޑިވްސް އަށް ވަނީ "ލީޑިން އޯލް އިންކުލޫޒިވް ރެޒޯޓް 2016" އަދި "ގެސްޓް ރިވިއު އެވޯޑް 2016" ލިބިފަ އެވެ. މި އެވޯޑްތަށް ހާސިލު ކުރުމަށް އަންނަ ފަތުރުވެރިންގެ ތެރެއިން ކޮންމެ 10 މީހުންގެ ތެރެއިން މަދުވެގެން 8 މީހުންގެ ވޯޓު ބޭނުންވާއިރު ސެންޓްރާ ރެޒޯޓުން ވަނީ 9 މީހުންގެ ވޯޓު ހޯދައިފައެވެ.
ސެންޓާރާ ރެޒޯޓް އެންޑް ސްޕާގެ މެނޭޖަރ ވިދާޅުވެފައިވަނީ ޗުއްޓީ ހޭދަކުރުމަށް ގިނަ ބަޔަކު ދާހިތްވާ މަންޒިލްތަކުގެ ތެރެއިން ސެންޓާރާ ރިޒޯޓް އެންޑް ސްޕާވުން އެއީ ލިބުނު ވަރަށްބޮޑު ފަޚުރެއް ކަމަށާއި މި އެވޯރޑް ވަނީ މިހާރު ދެމުންދާ ޚިދުމަތްތައް އިތުރަށް ރަގަޅުކުރުމަށް ސްޓާރފުންނަށް ވަރަށް ބޮޑު ހިތްވަރެއްދީފައި ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް