އިތުރު 14 މީހަކަށް އެޗް1 އެން1 ޖެހިއްޖެ
މިހާރު ރާއްޖޭގައި ފެތުރެމުން އަންނަ އެޗް1އެން1 އިންފްލުއެންޒާއަށް އިތުރު 14 މީހަކު ޕޮޒިޓިވް ވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އެޗްޕީއޭއިން މިއަދުގެ ތަފާސް ހިސާބު އާއްމުކޮށްފައިވާއިރު ބުނެފައިވަނީ މި އަހަރުގެ މިހާތަނަށް އެޗް1އެން1 އަށް ޕޮޒިޓިވް ވެފައިވާ މީހުންގެ އަދަދަކީ 169 ކަމަށެވެ. އިއްޔެ އެ އަދަދު އުޅެނީ 155 ގަ އެވެ.
މިއަދުގެ ތަފާސްހިސާބަށް ބަލާލާއިރު އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދަކީ 33 ކަމުގައި ބުނެފައި ވެ އެވެ. އިއްޔެ އެ އަދަދު އުޅެނީ 32 ގަ އެވެ.
މި ބަލީގެ ސަބަބުން ތިން މީހަކު މިހާތަނަށް ނިޔާވެފައިވެ އެވެ. އެއީ ބިދޭސީއަކާއި 51 އަހަރުގެ އަންހެނަކާއި އަދި 26 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް