ޅ. އަތޮޅުގެ ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅޭ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 19 ސެލޯފިންކޮޅާއެކު އެރިސޯޓުގެ އަންހެން މުވައްޒަފަކާއި 3 ފިރިހެން މުވައްޒަފަކު ފުލުހުންގެ ބެލުމުގެ ދަށަށް އިއްޔެ ގެންގޮސްފިއެވެ.
އެ މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ 26 އަހަރާއި 24 އަހަރާއި 20 އަހަރުގެ 3 ފިރިހެނުންނާއި 19 އަހަރުގެ އަންހެނެކެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުން އެ ރިސޯޓަށް ގޮސް އެމީހުން ތިބި ކޮޓަރިއާއި ހަށިގަނޑު ބަލައި ފާސްކުރިކުރުމުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ސެލޯފިންކޮޅުތައް އެތަނުން އުމުރުން 19 އަހަރުގެ މީހާ ލައިގެން ހުރި ސޯޓުގެ ޖީބުން ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މިމައްސަލަ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނުން ގެންދަނީ އިތުރަށް ތަހްޤީޤްކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް