އިންޑޮނޭޝިއާ އަށް ބިން ހެލުމެއް އަތުވެއްޖެ

އިންޑޮނޭޝިއާގެ ރިސޯޓު ރަށެއް ކަމަށްވާ ބާލީއަށް 5.5 މެގްނެޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ އެވެ. މި ބިން ހެލުން އައިސްފައިވަނީ މިއަދު ފަތިހު ރާއްޖޭ ގަޑިން 4:10 ހާއިރު އެވެ. އެމެރިކާގެ ޖިއޮލޮޖިކަލް ސާވ...

22 Mar 2017 | 07:20

އިންޑޮނޭޝިއާގެ ރިސޯޓު ރަށެއް ކަމަށްވާ ބާލީއަށް 5.5 މެގްނެޓިއުޑްގެ ބިން ހެލުމެއް އަތުވެއްޖެ އެވެ.

މި ބިން ހެލުން އައިސްފައިވަނީ މިއަދު ފަތިހު ރާއްޖޭ ގަޑިން 4:10 ހާއިރު އެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މިބިންހެލުން އައިސްފައި ވަނީ ބާލީގެ ޑެންޕަސާރްގެ 26 ކިލޯ މީޓަރު ދެކުނުން 124 ކިލޯ މީޓަރު އަޑިއަށް އަށެވެ. ބިންހެލުމުގެ ލޮޅުން ބާލީ އާއި 270 ކިލޯ މީޓަރު ދުރަށް ކޮށްފައިވެ އެވެ.

އެކަމަކު މި ބިން ހެލުމާއި ގުޅިގެން ސުނާމީގެ އިންޒާރު ދީފައެއް ނުވެ އެވެ. އަދި އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް މިހާތަނަށް ލިބިފައެއް ނުވެ އެވެ.

އާންމުކޮށް ބިން ހެލުން އަންނަ އިންޑޮނޭޝިއާ އާއި ދުރު ނޫން، އިންޑިއާގެ ބައެއް ކަމަށްވާ ނިކޮބޮން އައިލެންޑަށް މިދިޔަ ހަފްތާގައި ވަނީ ބިން ހެލުމެއް އައިސްފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް