ހާފްމެރަތަން ރެކޯޑް ދެވަނަ ފަހަރަށް މަރީ އާކޮއްފި

ޔޫއޭއީގައި މިއަދު އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގައި ރާއްޖޭގެ އަންހެނުންގެ ހާފް މެރެތަން ރެކޯޑް ދެވަނަ ފަހަރަށް މަރިޔަމް އަބްދުލްކަރީމް (މަރީ) އާކޮށްފި އެވެ. މަރީ މިއަދު އާކުރީ 2018 ވަނަ އަހަރު...

22 Feb 2020 | 10:36

ޔޫއޭއީގައި މިއަދު އޮތް ރަސް އަލް ޚައިމާހް ހާފް މެރަތަންގައި ރާއްޖޭގެ އަންހެނުންގެ ހާފް މެރެތަން ރެކޯޑް ދެވަނަ ފަހަރަށް މަރިޔަމް އަބްދުލްކަރީމް (މަރީ) އާކޮށްފި އެވެ.

މަރީ މިއަދު އާކުރީ 2018 ވަނަ އަހަރުގެ ވޯލްޑް ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 1 ގަޑި 33:37 މިނެޓުން ހެދި ރެކޯޑު 1 ގަޑި 32:42 މިނެޓުން ދުވެ ދެވަނަ ފަހަރަށެވެ. މި ރެކޯޑް މަރީ މުގުރާލާފައިވަނީ 2017 ވަނަ އަހަރު ސަމްހާ އަހުމަދު 1 ގަޑި 42 މިނެޓުން ދުވެ ހަދާފައިވާ ރެކޯޑް 1 ގަޑި 34:48 މިނެޓު ދުވެއެވެ. އަދި މިއަދުގެ ރޭހުގެ ރާސްތާގެ ތެރެއިން މަރީ ވަނީ 10 ކިލޯމީޓަރު، 15 ކިލޯމީޓަރު އަދި 20 ކިލޯމީޓަރުގެ ރެކޯޑް ވެސް އާކޮށްފަ އެވެ.

މިއަދު އާކުރި 10 ކިލޯމީޓަރު ރެކޯޑް އާކޮށްފައިވަނީ 43 މިނެޓު ދުވެގެނެވެ. މިއީ ހާފް މެރެތަން ޗެމްޕިއަންޝިޕުގައި 43:26 މިނެޓުން ދުވެ ހަދާފައިވާ ރެކޯޑެކެވެ. އެ ފަހަރު 1 ގަޑި 06:32 މިނެޓުން ދުވެގެން ހެދި 15 ކިލޯމީޓަރުގެ ރެކޯޑް މި ފަހަރު 1 ގަޑި 05:23 މިނެޓުން އާކޮށްފައެވެ. އަދި އެ ފަހަރު 1 ގަޑި 29:17 މިނެޓުން ހެދި 20 ކިލޯމީޓަރުގެ ރެކޯޑް އާކުރީ މިއަދު 1 ގަޑި 28:11 މިނެޓުން ދުވެގެންނެވެ.

މަރީވަނީ ދުވުމުގެ ތެރެއިން ގިނަ ކާމިޔަބީތައް ހޯދާފައެވެ. އޭގެތެރޭގައި، 2015 ވަނަ އަހަރު ފުރަތަމަ ފަހަރަށް ގައުމީ ކަސްރަތު މުބާރާތުގައި ވާދަކޮށް 5000 މީޓަރު ދުވުމުންނާއި 1500 މީޓަރު ދުވުމުން ރަން މެޑަލް ހޯދައި، 2016 ވަނަ އަހަރުގެ ގައުމީ މުބާރާތުގައި ވާދަކޮށް ތިން ރަން މެޑަލާ އެކު އެންމެ މޮޅު އެތުލީޓުގެ އެވޯޑް ހޯދާފައެވެ. އަދި މިދިޔަ އަހަރުގެ މުބާރާތުގެ 5000 މީޓަރު ދުވުމުން ވެސް ވަނީ އެއްވަނަ ހޯދާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް