ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރިކަމެއް ކަމަށް މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެއްޖެ އެވެ.
ޝިފާ ކުރެއްވި ޓުވީޓުގައި އިތުރަށް ވިދާޅުވަނީ، މާލޭގެ އާންމު ފާހާނާތައް މުޑުދާރުވެ މައްސަލަ ބޮޑުވުމާއި، މާރުކޭޓް ގޮޅި ސަޕްލަޔަރުންނަށް ބައްޓަން ކުރުމުން އެކަން ހުއްޓުވުން ފަދަ ކަންކަން ނުފެންނަ ކަމަށް ހަދައިގެން ހުރި ނަމަ މާ ރަނގަޅުވީސް ކަމަށެވެ.
ޝިފާގެ މި ޓްވީޓަށް ކައުންސިލް މެންބަރު ފަޒީން ރައްދު ދެއްވާ ވިދާޅުވީ ޝިފާގެ އެ ވާހަކަތަކަކީ ހުރިހާ ކަމެއް ހިންގުމަށްފަހު ބޭޒާރުވުމުން ސަލާމަތްވާން ދައްކާ ވާހަކަތަކެއް ކަމަށެވެ.
ޝިފާއަށް ރައްދު ދެއްވާ ފަޒީން އިތުރަށް ވިދާޅުވަނީ ޝިފާ ވިދާޅުވީ ތެދެއްކަމަށާ، ކޮރަޕްޝަން ހުއްޓުވަން މަސައްކަތް ކުރުމަކީ ބިރުވެރި ކަމެއްކަމަށެވެ. މީހުން ލޮލަށް ފެންނަ ކަންކަން ނުފެންނަ ކަމަށް ހަދަނީ ކީއްވެކަން މި އެނގެނީ މައްސަލައެއް މުއައްސަސާއަކަށް ހުށައެޅީމަކަމަށެވެ.

ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް