އެމްޑީޕީއިން ރޭ ބޭއްވި "ރަށްވެހި ފަތިސް" ކޭމްޕޭން ލޯންޗްކުރުށް ބޭއްވި ޖަލްސާ އަށް ހާޒިރުވި މީހުންގެ އަދަދު މަދުނަމަވެސް މާލޭ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއް އެމްޑީޕީން ނަގާނެ ކަމާއި ދޭތެރޭ ޝައްކު ނުކުރައްވާ ކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މި ފާޑުކިޔުންތަކަށް ރައްދުދެއްވާފައި ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީން ވަމުން އަންނަ ތައްޔާރީތަކާ ގުޅިގެން މައުލޫމާތު ދިނުމަށް މިއަދު އެ ޕާޓީގެ ކެމްޕޭން އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުރިހާ ގޮނޑިއެއް. މާލޭގެ 18 ގޮނޑި، އަދި މާލޭގެ މޭޔަރުކަން ވެސް އަޅުގަނޑުމެން މާ ރަނގަޅަށް ކާމިޔާބު ކުރާނަން. އެއްވެސް ޝައްކެއް ނެތް،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވަނީ މާލޭގެ ރައްޔިތުންގެ އުއްމީދުތަކާއި މި ސަރުކާރާއި ވަރަށް ބޮޑަށް ގުޅިފައިވާކަށެވެ. ނަމަވެސް ރައްޔިތުންގެ މި އުއްމީދުތައް އެންމެ ފުރިހަމަ ގޮތުގައި ހާސިލް ނުކޮށްދެވޭ ކަމަށް ހުދު އެމަނިކުފާނު އަމިއްލަފުޅަށް ގަބޫލުކުރައްވާކަމަށް ވެސް ވިދާއުވުއެވެ.
އަދިހަމަ މިޢާއެކު ރޭގެ ފާޑުކިޔުންތަކާއި ގުޅިގެން ނަޝީދު ވިދާޅުވަނީ ރޭގެ ޖަލްސާ ގައި ބައިވެރިވި މީހުންގެ އަދަދު މަދުކަމަށް ގަބޫލުފުޅުކުރައްވާ ކަމަށާއި އެކަމުގެ ސަބަބަކީ އެމްޑީޕީގައި ރަޖިސްޓްރީވެފައިވާ މާލޭ ރައްޔިތުންގެ އަދަދު 15،000 އަށް ވުރެ އިތުރުވާއިރު، އެ ޕާޓީއަށް ސަޕޯޓުކުރާ 35،000 އަށް ވުރެ ގިނަ މީހުން ހިމެނޭތީއެވެ.
’"އަޅުގަނޑު ދެކޭގޮތުގައި މާލޭގައި މިއަދު ޝަކުވާތައް އެބަހުރި. އެހެން ނަމަވެސް އަޅުގަނޑު ދެކޭގޮތުގައި މާލޭ ރައްޔިތުންނަށް ވަރަށް ސާފުވާނެ އެ ޝަކުވާ ބަންނަން ހަމަ އަންނާން ވީވެސް އަޅުގަނޑުމެން ކައިރިއަށް ކަން. އަޅުގަނޑުމެންކަން އެ ޝަކުވާއަށް ހައްލެއް ހޯދައިދޭނީ ވެސް،" ނަޝީދު ވިދާޅުވިއެވެ.
އޭޕްރީލް ހަތަރުވަނަ ދުވަހު ބާއްވާ އިންތިހާބުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތާކައި، އަދި ސިޓީ ކައުންސިލްތައް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާއިރު، އެމްޑީޕީން 877 ގޮނޑިއަށް ވާދަކުރަން ވަނީ ނިންމައިފައެވެ.
އެމްޑީޕީއިން ބުނެފައިވަނީ މި އިންތިހާބު ކާމީޔާބު ކުރޭނެ ކަމާއިމެދު އެއްވެސް ޝައްކެއް ނުކުރާކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް