ސަލްމާން ހާން ދެން އެންމެ އަވަހަށް ފެނިގެން ދާނީ ޅިޔަނު އަޔޫޝް ޝަރުމާގެ ލީޑް ރޯލް ކުޅޭ ފިލްމު "ކްވާތާ" އިން ކަމަށް ރިޕޯޓުތައް ބުނެފި އެވެ.
މި ފިލްމުގައި ސަލްމާން ފެނިގެންދާނީ ފުލުހެއްގެ ރޯލުންނެވެ. މީގެ ކުރިންވެސް ސަލްމާން ވަނީ ފުލުހުންގެ ރޯލު ކާމިޔާބު ފިލްމުތަކެއްގައި ކުޅެފަ އެވެ.
ސަލްމާންގެ ގާތް މީހަކު ބުނެފައިވަނީ އެ ފިލްމަށް ސަލްމާން ހުންނާނެ ގޮތް ނިންމުމަށް އަންނަ ހަފްތާގައި ތަފާތު މޭކަޕްތަކާއި ސިފަތަށް ގެނައުމުން ހުންނާނެ ގޮތް ބަލަން ފަށާނެ ކަމަށެވެ. އެ ފިލްމުގައި އޭނާ ފެނިގެންދާނީ ވަރަށް ވަފާތެރި އެކަމަކު ވަރަށް ކޫސަނި ފުލުހެއްގެ ރޯލުންނެވެ.
މި ފިލްމަށް އަދި ނަމެއް ދީފައެއް ނުވެ އެވެ. މި ފިލްމަކީ ގޭންގްސްޓާ ފިލްމެކެވެ.
މި ފިލްމުގެ ޑައިރެކްޓަރަކީ އަދީރާޖް އެވެ. އެއީ އަޔޫޝްގެ ފުރަތަމަ ފިލްމު "ލަވްޔާތްރާ" ގެ ޑައިރެކްޓަރެވެ. އަޔޫޝް ބޮލީވުޑަށް ތައާރަފް ކުރީ ސަލްމާން ހާނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް