ބަތަލާ ބިޕާޝާގެ ދެމަފިރިން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަނީ

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ އަދި ބަތަލް ކަރަން ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ. އެމީހުން ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓުގެެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރާއ...

22 Feb 2020 | 04:47

ބޮލީވުޑްގެ ބަތަލާ ބިޕާޝާ ބާސޫ އާއި ފިރިމީހާ އަދި ބަތަލް ކަރަން ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަމުން އެބަދެ އެވެ.

އެމީހުން ޗުއްޓީ ހޭދަ ކުރަމުންދާ ރިސޯޓުގެެ ނަން ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު ރާއްޖޭގެ ހިތްގައިމު މާހައުލުގައި ދެމަފިރިން އެކުގައި ނަގާފައި ފޮޓޯތައް ދަނީ އިންސްޓަގްރާމްގައި ހިއްސާ ކުރަމުންނެވެ.

ބިޕާޝާގެ އިންސްޓަގްރާމް ފޮލޯވަރުންގެ ގޮތުގައި7.7 މިލިއަން މީހުން ތިބެއެވެ. ގިނަ ބަޔަކު އެ ފޮޓޯތަކަށް ކޮމެންޓު ކުރަމުންދާއިރު ބިޕާޝާ ވަނީ ރާއްޖޭގެ މާހައުލުގެ ހިތްގައިމުކަން ބުނެދީފަ އެވެ.

https://www.instagram.com/p/B8zOZErBN5r/

ބިޕާޝާ އާއި ކަރަން ރާއްޖޭގައި ޗުއްޓީ ހޭދަ ކުރަން ކުރި މި ދަތުރަކީ ކަރަންގެ އުފަންދުވަސް ފާހަގަ ކުރަންށާއި އެކު ކުރި ދަތުރެކެވެ. މާދަމާ އަކީ ކަރަންގެ އުފަންދުވަހެވެ.

ބިޕާޝާ އެންމެ ފަހުން ފެނިގެން ދިޔަ ބޮލީވުޑް ފިލްމަކީ ފިރިމީހާ ކަރަން އާއި އެކު ކުޅެފައިވާ "އަލޯން" އެވެ. މި ދެމީހުން ކައިވެންޏަށް މިހާޜު ހަތަރު އަހަރު ވެއްޖެ އެވެ.

މިއަހަރު އާ އަހަރު ފެށުމާއި ދިމާކޮށް ބޮލީވުޑްގެ ގިނަ ތަރިންގެ ޗުއްޓީ ހޭދަ ކުރުމުގެ މަންޒިލަކަށް ވެފައިވަނީ ރާއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް