ބޮލީވުޑް ސަރޮގޭޓް ކުރުމުގެ ލިސްޓަށް މިފަހަރު ޝިލްޕާ ޝެޓީ!

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ސަރޮގޭޓް މަންމައެއްގެ އެހީގައި އަންހެން ދަރިއަކު ހޯދައިފި އެވެ. މިއީ އޭނާ އާއި ފިރިމީހާ ރާޖު ކުންދުރާއަށް ލިބުނު ދެ ވަނަ ދަރިއެވެ. ދޮށީ ކުއްޖާއަކީ ފިރިހެން ކުއްޖެކެވެ. ޝި...

22 Feb 2020 | 02:27

ބޮލީވުޑްގެ ބަތަލާ ޝިލްޕާ ޝެޓީ ސަރޮގޭޓް މަންމައެއްގެ އެހީގައި އަންހެން ދަރިއަކު ހޯދައިފި އެވެ.

މިއީ އޭނާ އާއި ފިރިމީހާ ރާޖު ކުންދުރާއަށް ލިބުނު ދެ ވަނަ ދަރިއެވެ. ދޮށީ ކުއްޖާއަކީ ފިރިހެން ކުއްޖެކެވެ.

ޝިލްޕާގެ ރަސްމީ އިންސްޓަގްރާޕް ޕޭޖުގައި ވަނީ ދަރިފުޅުގެ އަތް ފެންނަ ފޮޓޯއެއް ލުމަށް ފަހު އަންހެން ކުއްޖަކު ލިބިއްޖެ ކަމަށް ސަޕޯޓަރުންނަށް އިއުލާނުކޮށްފައި އެވެ. އޭނާ ބުނީ ދަރިފުޅު ވިހެއީ މިމަހުގެ15 ވަނަ ދުވަހު ކަމަށެވެ.

އަލަށް ލިބުނު ކުއްޖާއަށް ކިޔަނީ ސަމީޝާ ޝެޓީ ކުންދުރާ އެވެ. ފުރަތަމަ ދަރިފުޅަށް ކިޔަނީ ވިއާން ރާޖް އެވެ.

ޝިލްޕާ މީގެ ކުރިން ބުނެފައިވަނީ30 އަހަރުން މައްޗަށް ދިއުމުން ދަރިއަކު ވިހެއުމުގެ ވިސްނުން އޭނާ ނުގެންގުޅޭ ކަމަށެވެ. އެކަމަކު އޭނާ ވިއާން ވިހާފައިވަނީ އުމުރުން37 އަހަރުގައި އެވެ. މިހާރު ޝިލްޕާގެ އުމުރުން44 އަހަރެވެ.

ސަރޮގޭޓްކޮށްގެން ދަރިން ހޯދުމަކީ މިހާރު ބޮލީވުޑްގެ ތަރިންގެ މެދުގައި މަޝްހޫރު ކަމެކެވެ. މަޝްހުރު ތަރިންގެ ތެރޭގައި ހިމެނޭ ޑައިރެކްޓަރު ކަރަން ޖޯހަރު، ބަތަލް ތުޝާރު ކަޕޫރު، ޝްރެޔާޝް ބަތަލާ ސަނީ ލިއޯން މެން ފަދަ ތަރިން ވަނީ ސަރޮގޭޓް މަންމައިންގެ އެހީގައި ދަރިން ހޯދާފައެވެ.

ޝިލްޕާ މި ފަހަކަށް އައިސް ގިނައިން ފެންނަނީ ފިލްމުތަކުގެ ބަދަލުގަިއ ރިއަލިޓީ ޝޯތަކުގެ ފަނޑިޔާރެއްގެ ރޯލުންނެވެ. މީގެ އިތުރުން ޝިލްޕާ އަކީ ކެއްކުމާ ގުޅޭ ތަފާތު ކަންކަން ޕްރޮމޯޓު ކުރުމުގައި މިހާރު މަޝްހޫރު މީހެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް