ލ އަތޮޅުގައި ޑިންގީއެއް ބަންޑުން ޖަހާލައި އަންހެނަކު ގެއްލިއްޖެ

ލ އަތޮޅުގައި ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އަންހެނަކު ގެއްލިއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ލ. މާމެންދޫއިން ލ.ފޮނަދުއަށް ތިން މީހުން އެއްކޮށް ދަތުކުރަމުނ...

22 Feb 2019 | 17:53

ލ އަތޮޅުގައި ޑިންގީއެއް ބަންޑުން ޖަހާލައި އޭގެން ދަތުރުކުރި އަންހެނަކު ގެއްލިއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ލ. މާމެންދޫއިން ލ.ފޮނަދުއަށް ތިން މީހުން އެއްކޮށް ދަތުކުރަމުންދިޔަ ޑިންގީއެއް ލ. ގާދޫއާއި ހިސާބުން ބަނޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"ޑިންގީގަ ތިބި ތިން މީހުންގެ ތެރެއިން ދެ މީހަކު ފަތާފައިގޮސް ސިކްސް ސެންސް ރިސޯޓަށް އަރާފައިވޭ، ދެން ޑިންގީގަ އިނީ އަންހެނެއް، އޭނާ އަދި ނުފެނޭ" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ގެއްލިގެން އުޅެނީ 19 އަހަރުގެ އަންހެނެއް ކަމަށެވެ. ޑިންގީ ބަންޑުން ޖަހާލީ ގާދު ކަނޑުއޮޅިއަށް ކަމަށް ބުނެފައިވެއެވެ.

އިތުރަށް ބުނެފައިވަނީ ފުލުހުންނާ އެމްއެންޑީއެފް އަދި ސިކްސް ސެންސް ރިސޯޓުން ލޯންޗު، ޑިންގީ ބަންޑުން ޖަހާލި ދިމާލަށް ދަތުކުރަމުން އަންނަ ކަމަށެވެ.

ތަފްސީލް އަންނަނީ...

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް