މޯލްޑިވްސް އިމިގްރޭޝަންގެ ދެ ވެރިއަކު ގޭގައި މަޑުކުރަން އަންގައިފިއެވެ. ގޭގައި މަޑުކުރަން އަންގާފައިވަނީ އެސިސްޓެންޓް ކޮންޓްރޯލަރުންގެ މަގާމުގައި ތިއްބެވި ދެބޭފުޅަކަށެވެ.
މިކަން ބައެއް މީޑިއާތަކަށް އިމިގްރޭޝަނުން ކަށަވަރުކޮށްދީފައިވެއެވެ.
އެގޮތުން ވީ ނިއުސް އަށް މައުލޫމާތު ދެއްވަމުން އިމިގްރޭޝަންގެ ކޮންޓްރޯލަރު މުހައްމަދު އަހުމަދު ހުސެއިން (ހަނަފީ) ވިދާޅުވެފައިވަނީ ދެ ބޭފުޅަކު ސަސްޕެންޑް ކުރިކަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން އަންގާފައިވާކަމަށެވެ.
އޭނާ ވިދާޅުވެފައިވާގޮތުގައި ދެ ބޭފުޅަކު ސަސްޕެންޑް ކޮށްފައިވަނީ އެއް މަސް ދުވަހަށެވެ. އަދި އެކަން އެންގީ މިދިޔަ ބުދަ ދުވަހު ކަމަށް ހަނަފީ ވިދާޅުވެފައިވެއެވެ. ހަނަފީ ވިދާޅުވެފައިވާގޮތުގައި ސަސްޕެންޑް ކުރި ދެ ބޭފުޅުންނަކީ އެތަނުގެ ޒިންމާދާރު ވެރިޔާ އަދި އެސިސްޓެންޓް ކޮންޓްރޯލަރ ހާމިދު ފަތުހުﷲ އާއި، އެސިސްޓެންޓް ކޮންޓްރޯލަރ އަބްދުﷲ ވަހީދު އެވެ.
ކޮންޓްރޯލަރު އިތުރަށް ވިދާޅުވެފައިވަނީ އެ ދެބޭފުޅުން ސަސްޕެންޑް ކޮށްފައިވަނީ ސީއެސްސީން ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށެވެ. ނަމަވެސް އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް