އެމް.އެމް.ޕީ.އާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން އިތުރަށް ބަލަމުންދާ ކަންކަން ނިމުމުން ރައްޔިތުން ބޭނުންވާ ގިނަ ސުވާލުތަކެއްގެ ޖަވާބު ލިބިގެންދާނެކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން އޭ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި އޭ.ސީ.ސީގެ ނާއިބު ރައީސް މުއައްވިޒު ރަޝީދު ވިދާޅުވީ އެކޮމިޝަނުން ނެރުނު ރިޕޯޓުގެ އިތުރުން އިތުރު ފަސްކަމެއް މިމައްސަލައާ ގުޅިގެން ބައްލަވަމުންދާކަމަށެވެ.
މުޢައްވިޒް ވިދާޅުވީ އެމް.އެމް.ޕީ.އާރުސީގެ ކޮރަޕްޝަން މައްސަލަ ތަޙްގީގުކުރިއިރު ކަމާގުޅުހުރި އިދާރާތަކުން ޢާންމުކުރި މައުލޫމާތާއި، ބައެއް އަމިއްލަ ފަރާތްތަކުން ހާމަކުރި ކަންކަމަށްވެސް ރިޢާޔަތްކޮށް ބައެއް ކަންކަމުގެ ތަޙްޤީގުނިންމައި ކަމާއިގުޅުންހުރި އިދާރާތަކަށް އޭރުވެސް ފޮނުވާފައި ވާނޭކަމަށެވެ.
އަދި މިހާރު ބަލަމުންދާ އެމް.އެމް.ޕީ.އާރުސީއާ ގުޅުހުންހުރި މައްސަތަކުގެ ތެރޭގައިވެސް ކުރީގެ ނާއިބުރައީސް އަޙްމަދު އަދީބާ ގުޅުންހުރި މައްސަލަތައްހިމެނޭކަމަށާ މީގެ އިތުރުން މާފަރު އެއަރޕޯޓު މަޝްރޫޢާގުޅޭ މައްސަލަތަކާއި ފެނަކަ ކޯޕަރޭޝަނާއި، ވެމްކޯއާ ގުޅުންހުރި މައްސަލަތަކުގެ އިތުރުން، ސީލައިފް ފްލެޓް މަޝްރޫޢާއި އެމް.އެމް.އޭގެ ފައިނެންޝަލް އިންޓެލިޖެންސުން ސަސްޕިޝަސް ޓްރާންސެކްޝަންތަކެއްގެ ގޮތުގައި އޭ.ސީސީއަށް ހުށައަޅާފައިވާ މައްސަލަތަކެއްގެ ތަޙްޤީގުތައްވެސް ކުރިއަށްދާކަމަށް މުޢައްވިޒް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް