ނަޝީދުގެ މިލްކިއްޔާތުގައި ދެ ރަށެއްގައި ދެ ބަންޑާރަ ގޯއްޗާއި 5.4 މިލިޔަން ރުފިޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިލްކިއްޔާތުގައި ވަނީ ދެ ރަށެއްގައި ދެ ބަންޑާރަ ގޯއްޗާއި ޖުމްލަ 5.4 މިލިޔަން ރުފިޔާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ. އެމަނިކުފާނުގެ މާލީ ބަޔާން ހާމަކޮ...

22 Feb 2019 | 09:37

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މިލްކިއްޔާތުގައި ވަނީ ދެ ރަށެއްގައި ދެ ބަންޑާރަ ގޯއްޗާއި ޖުމްލަ 5.4 މިލިޔަން ރުފިޔާކަން އެމަނިކުފާނުގެ މާލީ ބަޔާނުން ހާމަވެއްޖެއެވެ.

އެމަނިކުފާނުގެ މާލީ ބަޔާން ހާމަކޮށްފައިމިވަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ވާދަކުރައްވާ ބޭފުޅުންގެ މާލީ ބަޔާންތައް ހާމަކުރުމަށް ނިންމާފައިވާއިރު އެގޮތުންނެވެ.

މާލީ އެ ބަޔާނުގައިވާގޮތުގައި ރައީސް ނަޝީދުގެ ނަމުގައި ބޭންކު ހަތަރު އެކައުންޓެއް ވެއެވެ. އެއީ ބޭންކް އޮފް މޯލްޑިވްސްގައްޔާއި މޯލްޑިވްސް އިސްލާމިކް ބޭންކުގައްޔާއި ސްޓޭޓް ބޭންކް އޮފް އިންޑިއާގައްޔާއި ލަންޑަނުގެ ލޮއިޑްސް ބޭންކުގައި ހުޅުވާފައިވާ އެކައުންޓެވެ. ސްޓޭޓް ބޭންކް އޮފް އިންޑީއާގައި ހުޅުވާފައިވަނީ ޖޮއިންޓް އެކައުންޓެކެވެ.

އެ ބަޔާނުން ދައްކާގޮތުގައި މިދިޔަ އަހަރުގެ ޖަނަވަރީން ފެށިގެން ޑިސެމްބަރުގެ ނިޔަލަށް އެމަނިކުފާނަށް އާމްދަނީގެ ގޮތުގައި ލިބިވަޑައިގެންފައިވަނީ ކުރީގެ ރައީސުންނަށް އިނާޔަތުގެ ފައިސާގެ ގޮތުގައި ދައުލަތުން ދީފައިވާ އެއް ލައްކަ ރުފިޔާ އެވެ.

މިލްކިއްޔާތުގައި ވާ ބަންޑާރަ ގޯތި ތަކަށް ބަލާއިރު ލ. ގަމުގައި ހަތަރު ހާސް ހަތްސަތޭކަ އަކަފޫޓުގެ ބަންޑާރަ ގޯއްޗެއް އޮވެއެވެ. އަދި ކ. ތުލުސްދޫގައި އެމަނިކުފާނުގެ ދެހާސް އަކަފޫޓުގެ ގޯއްޗެއް އޮވެއެވެ. ތުލުސްދޫގައި އޮތް ގޯއްޗަކީ އެމަނިކުފާނާއި އެމަނިކުފާނުގެ އެއްބަނޑު އެއްބަފާ ތިން ބޭފުޅުންގެ ނަން މަތީގައި، އޮންނަ ގޯއްޗެއް ކަމުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް