ބުރިޖު މަތީ ދެ ސައިކަލު ޖެހި ދެމީހަކާއި ކުޑަ ދެކުއްޖަަކަށް އަނިޔާވެއްޖެ

ބުރިޖުމަތީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށާއި ކުޑަ ދެ ކުއްޖަކަށް އަނިޔާވެއްޖެއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެނދުނު 06:30 ހާއިރު ބްރިޖް މާލެ ކޮޅު ލައިޓް ...

22 Feb 2019 | 05:38

ބުރިޖުމަތީ ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ދެމީހަކަށާއި ކުޑަ ދެ ކުއްޖަކަށް އަނިޔާވެއްޖެއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ހެނދުނު 06:30 ހާއިރު ބްރިޖް މާލެ ކޮޅު ލައިޓް ކައިރިން ދެ ސައިކަލު ޖެހި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށެވެ.

"އަނިޔާވެފައިވަނީ 43 އަހަރުގެ ފިރިހެނަކަށާއި 13 އަހަރުގެ ފިރިހެން ކުއްޖަކަށާއި 18 އަހަރުގެ ފިރިހެނަކަށާއި 17 އަހަރުގެ ފިރިހެން ކުއްޖަކަށް" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ 43 އަހަރުގެ މީހާއަށާއި 13 އަހަރުގެ ކުޑަކުއްޖާއަށާއި 17 އަހަރުގެ ކުޑަކުއްޖާއަށް ފަރުވާދެމުން އަންނަނީ އައިޖީއެމް ހޮސްޕިޓަލުގައި ކަމަށެވެ. އަދި 18 އަހަރުގެ މީހާއަށް ފަރުވާދެމުން އަންނަނީ އޭޑީކޭގައި ކަމުގައި ބުނެފައިވެއެވެ.

"އެކްސިޑެންޓްވި ދެ ސައިކަލަކީ ހުޅުމާލެއިން ބުރިޖު ހުރަސްކޮށް މާލެ އައި ދެ ސައިކަލު" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނެފައިވަނީ ދެ ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި ތިބީ 18 އަހަރު މީހާއާއި 17 އަހަރުގެ ކުއްޖާ ކަމަށެވެ. އެ ސައިކަލު ޓޯކޮށްފައިވާކަމަށް ބުނެފައިވެއެވެ.

މީހުންނަށް ލިބިފައިވާ އަނިޔާތަކާއި ބެހޭގޮތުން ފުލުހުން ބުނެފައިވަނީ 18 އަހަރުގެ މީހާގެ ކޮލުގެ ކަށިގަނޑެއް ބިންދައިގެންގޮސް އެކި ވަރުގެ އަނިޔާ ލިބިފައިވާކަމަށާއި 43 އަހަރުގެ މީހާގެ ބަނޑުން ހަން މަށައިގެންގޮސް ކޮނޑުހުޅު ނެއްޓިފައިވާކަމަށެވެ. އަދި 13 އަހަރުގެ ކުއްޖާއަށާއި 17 އަހަރުގެ ކުއްޖާއަށް ބޮޑު ގެއްލުމެއް ލިބިފައިނުވާކަމަށް ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް