ދެ ފުލުހަކު މިރޭ ވާނީ ހައްޔަރު ކޮށްފައި ކަމުގައި ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މީޑިއާތަކަށް މައުލޫމާތު ދެއްވަމުންނެވެ.
ނަމަވެސް އެއްވެސް އިތުރު މައުލޫމާތެއް ޝިފާން ހާމައެއް ނުކުރައްވަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ފުލުހުންގެ އެސްއޯގެ ކުރީގެ ކޮމާންޑަރު ވަނީ ހައްޔަރު ކޮށްފައެެވެ. އިތުރު ފުލުހަކު ހައްޔަރު ކޮށްފައިވާކަން އެނގިފައެއް ނުވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް