މުޒާހަރާގެ ތެރެއިން މަހްލޫފް ހައްޔަރު ކޮށްފި

އިދިކޮޅު މުޒާހަރާގެ ތެރެއިން، ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހައްޔަރު ކޮށްފި އެވެ. މަހްލޫފް ހައްޔަރު ކޮށްފައިވަނީ މިރޭ އިދިކޮޅު ފަރާތްތަކުން، މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުނ...

22 Feb 2018 | 17:59

އިދިކޮޅު މުޒާހަރާގެ ތެރެއިން، ގަލޮޅު ދެކުނުދާއިރާގެ މެމްބަރު އަހުމަދު މަހްލޫފް ހައްޔަރު ކޮށްފި އެވެ.

މަހްލޫފް ހައްޔަރު ކޮށްފައިވަނީ މިރޭ އިދިކޮޅު ފަރާތްތަކުން، މި މަހުގެ އެއްވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި އަމުރު ތަންފީޒު ކުރުމަށް ގޮވާލައި ކުރިއަށްގެންދާ މުޒާހަރާގެ ތެރެއިންނެވެ.

ފުލުހުން މަހްލޫފް ހައްޔަރު ކޮށްފައިވާއިރު މިރޭ މުޒާހަރާގެ ބައިވެރިންނަށް ހަދިޔާއެއް އޮންނާނެ ކަމުގައި މަހްލޫފް ވަނީ ވިދާޅުވެފައި އެވެ. ނަމަވެސް އިތުރު ތަފްސީލެއް ނުދެއްވަ އެވެ.

މަހްލޫފް ހައްޔަރު ކޮށްފައިވާއިރު މަހްލޫފަކީ އިދިކޮޅު މުޒާހަރާ ލީޑް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ އެކަކު ކަމުގައި ފާހަގަ ކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް