އެޓާނީ ޖެނެރަލް އޮފީހުގެ ޑެޕިއުޓީ ކައުންސެލަރ ޖެނެރަލް ޝަފީއާ ރިޒާ، މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މަސްދަރުތަކަށް ބަލާލާއިރު ޝަފީއާ އިސްތިއުފާ ދެއްވާފައިވަނީ ކުއްލި ނުރައްކަލުގެ ހާލަތު ރައްޔިތުންގެ މަޖިލީހުން އިތުރުކުރި މައްސަލައިގައި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް އަމަލު ކުރައްވަމުން ގެންދަވާ ގޮތާ މެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.
ޝަފީއާ އިސްތިއުފާ ދެއްވާފައިވާއިރު އެ އޮފީޙުގެ އިސް ވަކީލަކުވެސް މިރޭ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވަނީ ގާނޫނާއި ހިލާފަށްކަން ފާހަގަ ކުރައްވައި ޓްވީޓެއް ކުރައްވާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް