މި މަހުގެ އަށްވަނަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ އާންމު ބްރޯޑްކާސްޓް ވަގުތީ ގޮތުން މެދު ކަނޑާލީތީ ބްރޯޑްކާސްޓިން ކޮމިޝަނުން ރާއްޖެ ޓީވީ ޖޫރިމަނާ ކޮށްފި އެވެ.
ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 22 ވަނަ މާއްދާގެ (ރ) ގައިވާ ގޮތުގެމަތިން، އެ ގަވާއިދުގެ ޖަދުވަލު 3 ގެ 2 ވަނަ ނަންބަރުގެ ދަށުން, “ރާއްޖެ ޓީވީ” 2,000ރ (ދެ ހާސް ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް މި މައްސަލަ ބެލި ކޮމިޝަނުގެ ޖަލްސާގައި ބައިވެރިވި މެންބަރުންގެ އިއްތިފާޤުން ނިންމާފައިވާކަމަށް މިކަމާ ގުޅިގެން ކޮމިޝަނުން ރާއްޖެ ޓީވީއަށް ފޮނުވި ސިޓީގައި ބަޔާންކޮށްފައިވެއެވެ.
އަދި ޖޫރިމަނާއަށް ވާ ފައިސާ، 20 މާރިޗު 2018 ގެ 12:00 ގެ ކުރީން ކޮމިޝަނަށް ދެއްކުމަށާއި މި ނިންމުމާ ދެކޮޅަށް ކަމާ ބެހޭ އިދާރާއަށް ހުށަހެޅުމުގެ ޙައްޤު ރާއްޖެ ޓީވީއަށް ލިބިފައިވާކަން ވެސް މިސިޓީގައި ފާހަގަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް