މެމްބަރުންގެ ގޮނޑީގެ މައްސަލަ އަންނަ ހަފްތާއަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގާ މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އަމުރު ކޮށްފައި އޮތް ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށ...

22 Feb 2018 | 10:49

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ ގޮނޑީގެ މައްސަލައިގާ މި މަހުގެ ފުރަތަމަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި އަމުރު ކޮށްފައި އޮތް ބައި ބާތިލް ކުރަން އެޓާނީ ޖެނެރަލްގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލައިގެ ޝަރީއަތް އަންނަ އަންގާރަ ދުވަހަށް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފި އެވެ.

މި މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވާއިރު މި މަހުގެ ފުރަމަތަ ދުވަހު ސުޕްރީމް ކޯޓުން އަމުރު ނެރެފައިވަނީ މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށެވެ. ނަމަވެސް މިދިޔަ ހޯމަ ދުވަހު ސުޕްރީމް ކޯޓުން މިކަމާއި ގުޅިގެން އިތުރު ވަގުތީ އަމުރެއް ނެރެފައިވާއިރު އެ ވަގުތީ އަމުރުގައި ބުނެފައިވަނީ ސުޕްރީމް ކޯޓުން އެއްވަނަ ދުވަހު ނެރުނު އަމުރުގައި މެމްބަރުންގެ ގޮޑިއާއި ބެހޭގޮތުން އަމުރު ކޮށްފައި ވާ ބަޔަށް އަމަލު ކުރުން ފަސް ކުރުމަށެވެ.

މި މަހުގެ އެއްވަނަ ދުވަހުގެ އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރު ހިމެނިވަޑައިގަންނަވާގޮތަށް ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންނެވެ. ހޯމަ ދުވަހު ވަގުތީ އަމުރު ނެރެފައިވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ފިޔަވައި ދެން ތިއްބެވި ތިން ފަނޑިޔާރުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް