ރެޑް ވައިން ހިމެނޭ އުފެއްދުމެއް ދިވެހި ބާޒާރުން ނަގައިފި

ރަލުގެ ބާވަތެއް ކަމުގައިވާ ރެޑް ވައިން ހިމެނޭ އުފެއްދުމަކާއި ގަވާއިދާ ހިލާފަށް ލޭބަލް ކޮށްފައިވާ ޕްރޮޑަކްޓެއް ރާއްޖޭގެ ބައެއް ފިހާރަތަކުގައި ވިއްކަން ހުއްޓާ ކަސްޓަމްސް އިން އެ ތަކެތި ނަގައިފި އެވެ. ކަ...

22 Feb 2018 | 10:36

ރަލުގެ ބާވަތެއް ކަމުގައިވާ ރެޑް ވައިން ހިމެނޭ އުފެއްދުމަކާއި ގަވާއިދާ ހިލާފަށް ލޭބަލް ކޮށްފައިވާ ޕްރޮޑަކްޓެއް ރާއްޖޭގެ ބައެއް ފިހާރަތަކުގައި ވިއްކަން ހުއްޓާ ކަސްޓަމްސް އިން އެ ތަކެތި ނަގައިފި އެވެ.

ކަސްޓަމްސް އިން ހާމަކޮށްފައިވާގޮތުގައި ކަސްޓަމްސް އިން އިއްޔެ އާއި ރޭގައި ހިންގި ހާއްސަ އޮޕަރޭޝަންގައި ބައެއް ފިހާރަތަކުން ނަގާފައިވާ ކާބޯތަކެތި ޔެރޭގައި ގަވާއިދާ ހިލާފަށް ލޭބަލް ކޮށްފައިވާ ތަކެއްޗާއި ރަލުގެ މާއްދާތައް އެކުލެވޭކަމަށް ބެލެވޭ ބައެއް ތަކެތި ހިމެނެ އެވެ. މިގޮތުން މިހާތަނަށް ނެގުނު ތަކެތީގެ ތެރޭގައި ބީފް ކެސަރޯލް އާއި ޗިކަން ސްޕްރެޑް މަޔޯނައިސް ހިމެނޭ ކަމަށެވެ.

މި ތަކެތީގެ ތެރެއިން ކަންޓްރީ ބީފް ކެސަރޯލްގައި 9 އިންސައްތަ ރެޑްވައިން ހިމެނެ އެވެ. އަދި ޗިކަން ސްޕްރެޑް މަޔޯނައިސް ނަގާފައިވަނީ އޭގެ ލޭބަލްގައި "ނޮޓް ފޯ މުސްލިމް" މިހެން ލިޔެފައިވާތީ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް