ބޭންކް އޮފް މޯލްޑިވްސް އިން ކޮނޑޭ ސްކޫލަށް ހަދިޔާއެއް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. ކޮނޑޭ ސްކޫލަށް ލެޕްޓޮޕަކާއި ޕްރޮޖެކްޓަރ އެއް ހަދިޔާ ކޮށްފި އެވެ. މި ތަކެތި ކޮނޑޭ ސްކޫލަށް ބީއެމްއެލްއިން ހަދިޔާ ކޮށްފައިވަނީ ކޮނޑޭ ސްކޫލުގައި އިއްޔެ ބޭއްވި...

22 Feb 2018 | 07:22

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ގއ. ކޮނޑޭ ސްކޫލަށް ލެޕްޓޮޕަކާއި ޕްރޮޖެކްޓަރ އެއް ހަދިޔާ ކޮށްފި އެވެ.

މި ތަކެތި ކޮނޑޭ ސްކޫލަށް ބީއެމްއެލްއިން ހަދިޔާ ކޮށްފައިވަނީ ކޮނޑޭ ސްކޫލުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ކޮނޑޭ ސްކޫލަށް މި ހަދިޔާ ދީފައިމިވަނީ މި މަހު ބީއެމްއެލް އިން ކުރިއަށްގެންދާ އަހަރެންގެ ބޭންކް މަޝްރޫއުގެ ދަށުންނެވެ. ބީއެމްއެލްގެ އަހަރެންގެ ބޭންކް މި މަޝްރޫއަކީ މުޖުތަމައަށް ފައިދާ ހުރި ކަންކަން ކުރުމަށް އެ ބޭންކުން ކުރިއަށް ގެންދާ މަޝްރޫއެކެވެ.

މި މަޝްރޫއުގެ ދަށުން މިމަހުގެ ކޮންމެ ދުވަހަކުވެސް މުޖްތަމައަށް ފައިދާހުރި ކޮންމެވެސް ކަމެއް ބީއެމްއެލްއިން ވަނީ ކޮށްފައި އެވެ. މިދިޔަ އަހަރުވެސް މި މަޝްރޫއަށް 3000 މިލިޔަން ރުފިޔާ ހޭދަކޮށްފައިވާއިރު މި އަހަރުވެސް މި މަޝްރޫއުގެ ދަށުން އެ އަދަދަށް ހޭދަކުރާނެ ކަމުގައި ބީއެމްއެލްއިން ހާމަކޮށްފައި ވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް