ބޮލީވުޑްގެ ކިންގް އަމީތާބު ބަޗަން މީގެ ކުޑަދުވަސްކޮޅެއް ކުރިން ވަނީ ޓްވިޓަރ ހުއްޓާލާނެކަމަށް ބުނެ ޓްވިޓަރ އަށް އިންޒާރެއް ދީފައެވެ. އެކަން ހާމަކޮށް އަމީތާބު ކުރި ޓްވީޓެއްގައި ބުނެފައިވަނީ ޓްވިޓަރ އިން އޭނާގެ ފޮލޯވަރސްގެ އަދަދު 33 މިލިޔަންގައި އިންދާ 32.9 ށް ދަށްކޮށްފައިވާކަމުގައެވެ. މިއީ ޖޯކެއް ކަމަށާއި ޓްވިޓަރ އިން ވަކިވުމުގެ ވަގުތު ޖެހިއްޖެކަމަށް ވަނީ ބުނެފައެވެ. އަދި ޓްވިޓަރގެ މި ހޭދަކުރި ދަތުރަށް ޓްވިޓަރ އަށް ޝުކުރުވެރިވާކަމަށާއި ކަނޑުގައި އެހެން މަސް އުޅޭކަމަށް ވަނީ ބުނެފައެވެ. އަދި އެ މާ މަޖާވެފައި އުފާވެރިކަމަށް ވަނީ ބުނެފައެވެ.
އަމީތާބަކީ ޓްވިޓަރ ގައި އެންމެ ގިނަ މީހުން ފޮލޯކުރާ އެކަކަށް ވާއިރު އޭނާއަކީ ޓްވިޓަރ ގައި އެހާމެ އެކްޓިވް މީހެއްވެސް މެއެވެ. އަދި އެހާމެ މަޝްހޫރު މީހެއްކަމަށްވާއިރު އެފަދަ މީހަކު ޓްވިޓަރ ދޫކޮށްދިޔުމަކީ ޓްވިޓަރ ގެ އޮފިޝަލުންނަށް ހަޖަމުކުރެވޭ ފަދަ ކަމަކަށް ނުވިއެވެ.
އެހެންކަމުން ޓްވިޓަރގެ އޮފިޝަލްޓީމެއް ވަނީ ކަމާކަންފަށާ ދަތުރު ހަދައިގެން އިންޑިޔާއަށް އައިސް އަމީތާބާ ބައްދަލުކޮށްފައެވެ. މިޓީމު އަމީތާބާ ބައްދަލުކުރުމުން އެމީހުންނާއެކު ފޮޓޯއެއް ނެގުމަށްފަހު އަމީތާބު ވަނީ ޓްވީޓެއްކޮށްފައެވެ. އަމީތާބު ކުރި ޓްވީޓްގައި ބުނެފައިވަނީ ކަމާކަންފަށާ އޭނާ ބައްދަލުކުރަން ޓްވިޓަރގެ ޓީމެއް އައިސް ޓްވިޓަރ މަސައްކަތްކުރާގޮތް އޭނާއަށް ކިޔައިދީފިކަމަށާއި އެކަމާ ޓްވިޓަރ އަށް ޝުކުރުއަދާކުރާކަމަށެވެ. އަދި މިހާރު ޓްވިޓަރ މަސައްކަތްކުރާ ގޮތް އިނގިއްޖެކަމަށް އަމީތާބު ވަނީ ބުނެފައެވެ.
ކޮންމެ އަކަސް އަމީތާބު ފަދަ މަޝްހޫރު އެތައް ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ އަދި ޓްވިޓަރ އެހާ ބޭނުންކުރާ ތަރިއަކު ގެއްލިގެންދާކަށް ޓްވިޓަރވެސް ބޭނުމެއް ނުވާނެތާއެވެ. އަމީތާބުގެ މިޓްވީޓްތަކަށްފަހު މިހާރު އަމީތާބު ފޮލޯކުރާމީހުންގެ އަދަދު އުޅެނީ 33.1 މިލިޔަނުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް