އެކްޝަން ހީރޯއަކަށް ވުމަކީ ދެކެމުން އައި ހުވަފެނެއް: ޓައިގަރ ޝްރޮފް

ފިލްމު "ހީރޯޕަންތީ" ން ބޮލީވުޑަށް ނިކުތް ޓައިގަރ ޝްރޮފް މުޅިންވެސް ފެނިގެންދަނީ އެކްޝަން ރޯލްތަކުންނެވެ. ލޯބީގެ އެކްޝަން ރޯލްތަކުންނާއި ރީތިކޮށް ނަށާ އެކްޓަރ އެއްގެ ގޮތުގައި ޓައިގަރ ޝްރޮފް ފާހަގަކުރެވ...

22 Feb 2018 | 05:58

ފިލްމު "ހީރޯޕަންތީ" ން ބޮލީވުޑަށް ނިކުތް ޓައިގަރ ޝްރޮފް މުޅިންވެސް ފެނިގެންދަނީ އެކްޝަން ރޯލްތަކުންނެވެ. ލޯބީގެ އެކްޝަން ރޯލްތަކުންނާއި ރީތިކޮށް ނަށާ އެކްޓަރ އެއްގެ ގޮތުގައި ޓައިގަރ ޝްރޮފް ފާހަގަކުރެވޭއިރު އެކްޝަން ރޯލްތައް ކުޅުމަކީ އޭނާ ކުޑައިރުއްސުރެވެސް ދެކެމުން އައި ހުވަފެނެއްކަމަށް ޓައިގަރ ޝްރޮފް ވަނީ ބުނެފައެވެ.

އެންމެ އަވަހަށް ދެން ބެލުންތެރިންނާ ބައްދަލުކުރާ ޓައިގަރ ޝްރޮފްގެ ފިލްމު ބާޤީ2 ގެ ޓްރެއިލަރ ލޯންޗްކުރުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަމުން ޓައިގަރ ބުނީ އެކްޝަން ރޯލްތައް އަދާކުރުމަކީ އުނދަގޫކަމަކަށް ވީނަމަވެސް އެއީ އޭނާ ދެކެމުން އައި ހުވަފެނެއްކަމުގައެވެ. އަދި އެކްޝަން ހީރޯއަކަށްވުމަށް ކުޑައިރުއްސުރެވެސް އޭނާ އައީ ތައްޔާރުވަމުންކަމުގައެވެ.

ބާގީ2 ން ޒަމާނީ އެކްޝަންގެ ގިނަ މަންޒަރުތަކެއް ފެނިގެންދާނެކަމަށް ވެއެވެ. ޓައިގަރ ޝްރޮފްގެ އިތުރުން ދެން މިފިލްމުން ފެނިގެންދާ ތަރިންގެ ތެރޭގައި ހިމެނެނީ ދިޝާ ޕަޓަނީ،ރަންދީޕް ހޫޑާ،މަނޯޖް ބަޖްޕާއީ އަދި ޕްރަތީކް ބާބަރުއެވެ. ބާގީ2 އަކީ 2016 ވަނަ އަހަރު ނިކުތް ބާގީ ފިލްމު ސީރީޒްގެ ދެވަނަ ފިލްމެވެ. މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މަރޗްމަހުގެ 30 ވަނަ ދުވަހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް