ބައިވެރިންނަށް ޑީއެސްއެލްއާރު ކެމެރާ ލިބޭގޮތަށް ފޮނަދޫގައި ފޮޓޯގްރަފީ ކޯހެއް ފެށިގެން ކުރިއަށް

ބައިވެރިންނަށް ޑީއެސްއެލްއާރު ކެމެރާ ލިބޭގޮތަށް ލ ފޮނަދޫގައި ފޮޓޯގްރަފީ ކޯހެއް ފަށައިފި އެވެ. ގައުމީ ސަނަދު ލެވެލް ތިނެއްގެ މި ކޯހަކީ ފޮނަދޫގައި ޒުވާނުން ބާރުވެރިކުރުވާ އެކި ދާއިރާތަކުން ޒުވާނުން ކުރި...

22 Feb 2018 | 05:41

ބައިވެރިންނަށް ޑީއެސްއެލްއާރު ކެމެރާ ލިބޭގޮތަށް ލ ފޮނަދޫގައި ފޮޓޯގްރަފީ ކޯހެއް ފަށައިފި އެވެ.

ގައުމީ ސަނަދު ލެވެލް ތިނެއްގެ މި ކޯހަކީ ފޮނަދޫގައި ޒުވާނުން ބާރުވެރިކުރުވާ އެކި ދާއިރާތަކުން ޒުވާނުން ކުރިއެރުން ހޯދައިދިނުމަށް އުފައްދާފައިވާ ޖަމިއްޔާއެއް ކަމުގައިވާ ޔޫތު ޑެވެލޮޕްމަންޓް ސޮސައިޓީ(ވައިޑީއެސް) އާއި ޓިވެޓް އޮތޯރިޓީ އާއި ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ.

މި ކޯސް ފެށިގެން ކުރިއަށްދާއިރު މި ކޯހުގައި 20 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވެފައިވާކަމުގައި ވައިޑީއެސްއިން މައުލޫމާތު ދެ އެވެ.

މި ކޯސް ފެށުމުގެ ރަސްމިއްޔާތު ރޭ ފޮނަދޫގައި ބާއްވާފައިވާއިރު ރޭގެ ރަސްމިއްޔާތުގައި ކޯހުގެ ބައިވެރިންނަށް ކެމެރާ ވަނީ ހަވާލު ކޮށްފަ އެވެ.

ވައިޑީއެސް އަކީ ޒުވާނުންގެ ކުރިއެރުމާއި، ވިޔަފާރިއަށް ފަހި ފުރުސަތުތައް ހޯދައިދިނުމާއި، މުޖްތަމައަށް ފައިދާހުރި ޒުވާނުން ބިނާކުރުމުގެ މަގްސަދުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގައި ރަޖިސްޓްރީ ކޮށްފައިވާ ޖަމިއްޔާ އެކެވެ. އެ ޖަމިއްޔާގެ ފަރާތުން ފޮނަދޫގައި މިފަދަ އެތައް ހަރަކާތްތަކެއް ކުރިއަށް އޮތް ތަނުގައި ހިންގާނެ ކަމުގައި އެ ޖަމިއްޔާއިން މައުލޫމާތު ދެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް