ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާނުކުރި ވަޅޯމަސްތަކާއި ބަށިތައް/ ފޮޓޯ: އައްޑޫ ސިޓީ ޕޮލިސް
އައްޑޫ ސިޓީ ފޭދޫއިން ވަގަށް ނަގާފައިވާ ވަޅޯމަސްތަކަކާއި ބަށިތަކެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
އައްޑޫ ސިޓީ ފުލުހުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ، މިމަހުގެ 19 ވަނަ ދުވަހު ގަން ޕޮލިސްގެ ފުލުހުން ސ.ފޭދޫ އިން ހިފެހެއްޓި މީހެއްގެ އަތުން ވަގަށް ނަގާފައިވާ ވަޅޯމަސް ތަކަކާއި، ބަށިތަކެއް ވަނީ ފެނިފައި ވާކަމަށެވެ.

އަދި މި ތަކެތީގެ ވެރިފަރާތުން ގަން ޕޮލިސްގެ ނަމްބަރު 125 އަށް ގުޅުއްވައި، މި ތަކެތި ގެންގެންދިއުމަށް ފުލުހުންގެ ޕޯސްޓުގައި ވަނީ ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް