ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މުސްކުޅިއަކު އަނެއްކާވެސް ހައްޔަރުކޮށްފި

ދެކުނުގެ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަނެއްކާވެސް މުސްކުޅިއަކު ހައްޔަރުކޮށްފި އެވެ. މިފަހަރު ހައްޔަރުކޮށްފައިވަނީ76 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމ...

22 Jan 2020 | 08:40

ދެކުނުގެ ރަށެއްގައި ތިން އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަނެއްކާވެސް މުސްކުޅިއަކު ހައްޔަރުކޮށްފި އެވެ.

މިފަހަރު ހައްޔަރުކޮށްފައިވަނީ76 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނީ އެމީހާ ހައްޔަރު ކުރީ މިއަދު މެންދުރު ފަހު1:00 ގައި ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ.

މައްސަލަ އާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެ އެވެ. ފުލުހުން ބުނީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކީ ވަރަށް ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލަމުންދާ މައްސަލަތައް ކަމަށެވެ.

މިއީ މި ހަފްތާ ތެރޭގައި ކުޑަކުދިންނަށް ޖިންސީ ގޯނާކޮށްގެން ހައްޔަރު ކުރި ތިން ވަނަ މީހާ އެވެ. މީގެ ކުރިން ދެ އަހަރުގެ ކުއްޖަކަކަށް ޖިންސީ ގޯނާ ކުރި މުސްކުޅި އަކާއި ފަސް އަހަރުގެެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މުސްކުޅިއަކު މި ހަފްތާގައި ހައްޔަރު ކުރި އެވެ.

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް ކުއްލިއަކަށް ފެންމަތިވެފައި މިވަނީ ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކު ރޭޕް ކުރި މައްސަލައެއް ފަޅާއެރުމުންނެވެ. އެ މައްސަލައިގަ ހައްޔަރުކޮށްފައިވަނީ ކުއްޖާގެ ކާފަ އާއި މުނިކާފަ އެވެ. ބައްޕަ ހައްޔަރު ކުރީ ކުއްޖާގެ މަންމަގެ އާއިލާއާއި ކުއްޖާ ހަވާލު ކުރުމަށް ދެކޮޅު ހެދުމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް