ސުމަތުރާގެ މިސްކިތެއްގައި ފުރޮޅޫލީ ގޮނޑީގައި މިސްކިތަށް ނުވެއްދި މައްސަލަ ހޫނުވެއްޖެ

އިންޑޮނޭޝިޔާގެ ސުމަތުރާގެ މިސްކިތެއްގައި، ފުރޮޅުލީ ގޮނޑީގައި މިސްކިތަށްވަދެ ނަމާދުކުރަން މީހަކަށް މަނާކުރި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ އެގައުމުގެ ނޫސްތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ. އަބްރަހަ...

22 Jan 2019 | 13:55

އިންޑޮނޭޝިޔާގެ ސުމަތުރާގެ މިސްކިތެއްގައި، ފުރޮޅުލީ ގޮނޑީގައި މިސްކިތަށްވަދެ ނަމާދުކުރަން މީހަކަށް މަނާކުރި މައްސަލަ ސޯޝަލް މީޑިއާގައި ހޫނުވެ އެގައުމުގެ ނޫސްތަކުގެ ސަމާލުކަމަށް އަތުވެއްޖެއެވެ.

އަބްރަހަމް އިސްމާދު ނަމަކަށް ކިޔާ، ހާއްސަ އެހީއަށް ބޭނުންވާ މީހަކު ވަނީ އޭނާއަށް ދިމާވި ހާދިސާ ވީޑިއޯތަކާއެކު އިންސްޓަގްރާމްގައި ޕޯސްޓްކޮށްފައެވެ.

އެ ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ ފުރޮޅުލީ ގޮނޑީގައި މިސްކިތަށް ވަންނަން އުޅުމުން މިސްކިތުގައި މަސައްކަތްކުރާ މީހަކު އެކަމަށް ދެކޮޅުހަދައެވެ. އެންމެ ފަހުން އޭނާ ނަމާދުކުރީ މިސްކިތުން ބޭރުގައެވެ. އޭނާ ބުނެފައިވަނީ އެއީ ހަމަޖެހޭ އުސޫލެއް ކަމުގައި ގަބޫލު ނުކުރާކަމަށެވެ.

"ދެން އަހަރެން ނަމާދުކުރަން ވަންނަންވީ ގޮނޑި ދޫކޮށް ފިރުކިފައިތަ، އަހަރެމެން ކަހަލަ މީހުންގެ ފަޔަކީ ފުރޮޅުލީ ގޮނޑި" އޭނާގެ އިންސްޓަގްރާމް ޕޯސްޓްގައި ބުނެފައިވެއެވެ.

ނަމަވެސް މިސްކިތުން ބުނެފައިވަނީ ފުރޮޅުލީ  ގޮނޑީގައި މިސްކިތަށް ވަނުމެކޭ ލައިގެން ހުންނަ ބޫޓާއި މިސްކިތަށް ވަނުމެކޭ ވާނީ ހަމަ އެއްވަރެއް ކަމަށެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު ބުނެފައިވަނީ މިސްކިތްތަކުގައި ފުރޮޅުލީ ގޮނޑީގައި ނަމާދުކުރުމުގެ އިންތިޒާމެއްވެސް ހަމަޖެހިފައި އޮންނަން ޖެހޭ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް