މަސް ބާނަން އުޅުނު ބަޔަކު ހަތަރު ޕެކެޓު ވީޑް ހޮވައިފި

ބ. އަތޮޅު ތުޅާދޫ ވިލުތެރޭގައި މަސް ބާނަން އުޅުނު ބަޔަކު ހަތަރު ޕެކެޓު ވީޑް ހޮވައިފިއެވެ. ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ބ. ތުޅާދޫ ވިލުތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކުން ވީޑް ...

22 Jan 2019 | 08:46

ބ. އަތޮޅު ތުޅާދޫ ވިލުތެރޭގައި މަސް ބާނަން އުޅުނު ބަޔަކު ހަތަރު ޕެކެޓު ވީޑް ހޮވައިފިއެވެ.

ފުލުހުން ބުނެފައިވަނީ މިއަދު މެންދުރު 12:00 ހާއިރު ބ. ތުޅާދޫ ވިލުތެރޭގައި މަސް ބާނަން އުޅުނު ޑިންގީއަކުން ވީޑް ކަމަށް ބެލެވޭ ހަތަރު ޕެކެޓު ހޮވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ.

"މި ތަކެތި މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި، އަދި އެތަކެތި ފެނުނު ސަރަހައްދު ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.

މީޑިއާތަކާއި ފުލުހުން ހިއްސާކުރި ފޮޓޯތަކަށް ބަލާއިރު އެއީ ސައިޒުން ބޮޑެތި ޕެކެޓު ތަކެއް ކަމުގައި ބެލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް