މަޖިލީސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހު 28 ގައި ހުޅުވާލަނީ

ނަވާރަ ވަނަ ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ. އޮންލައިން ނޫހެއްކަމަށްވާ "އަވަސް" އަށް މައުލޫމާތ...

22 Jan 2019 | 07:59

ނަވާރަ ވަނަ ރައްޔިތުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު މިމަހުގެ 28 ގައި ހުޅުވައިލާނެ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

އޮންލައިން ނޫހެއްކަމަށްވާ "އަވަސް" އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ، މަޖިލިސް އިންތިހާބު އިއުލާން ކުރުން މިމަހުގެ 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި އެ ދުވަހުން ފެށިގެން މަޖިލީހަށް ކުރިމަތިލުމަށް ހުޅުވާލައި އެޕްލިކޭޝަން ފޯމް ހުށަހަޅަން ހުޅުވާލާނެ ކަމަށެވެ.

އަކުރަމް އިތުރަަށް ވިދާޅުވީ، މަޖިލިސް އިންތިހާބަށް ބޭނުންވާ ބަޖެޓް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް ގާސިމް އިބްރާހީމާއި މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އަދި މަޖިލިސް އިންތިހާބު އެއްވެސް ދަތިކަމެއްނެތި ބޭއްވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޖިލިސް އިންތިހާބު އޭޕްރީލްމަހު ބާއްވާއިރު، ޕްރައިމަރީތައް މިމަހުގެ 26 ވަނަ ދުވަހުގެ ކުރިން ބާއްވައި އީސީއަށް ހުށަހަޅަން ވަނީ އަންގާފައި ވާއިރު، އެމްޑީޕީ އިން ވަނީ މަޖިލިސް ޕްރައިމަރީ މިދިޔަ ހުކުރު ދުވަހު ބާއްވާފަ އެވެ. އަދި އަންނަ ހުކުރު ދުވަހު އަދާލަތު ޕާޓީ އިންވެސް ޕްރަމަރީ ބާއްވަން ވަނީ ނިންމާފަ އެވެ.

މި މަހުގެ 28 ވަނަ ދުވަހު އީސީގެ އާ ލޯގޯއާއި ކުލަ އިފްތިތާހު ކުރުން އޮންނާނެ ކަމަށް ވެސް މައުލޫމާތު ލިބެއެވެ. މިފަހަރު މަޖިލިސް އިންތިހާބުގައި ވާދަ ކުރުމަށްޓަކައި 87 ދާއިރާ އަށްވަނީ ފުރުސަތު ހުޅުވާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް