ދުނިޔޭގެ ނަންމަޝްހޫރު ބަބާރިޔާ ބްރޭންޑްގެ ކޮސްމެޓިކްސް ރާއްޖެއަށް ތައާރަފް ކޮށްފިއެވެ.
މި ބްރޭންޑް ރާއްޖެއަށް ތައާރަފް ކޮށްފައިވާނީ ބެންމޯޑް ޕްރައިވެޓް ލިމިޓެޑްއިންނެވެ. މިކުންފުންޏަކީ މިފަދަ އެތަކެއް ބްރޭންޑްގެ ޕްރޮޑަކްޓް ތަކެއް ރާއްޖެއަށް އެތެރެކޮށްފައިވާ ކުންފުންޏެކެވެ.
ބަބާރިޔާ ކޮސްމެޓިކްސްއަކީ ވަރަށް ގިނަ ގުދުރަތީ ބާވަތްތަކެއް ހިމަނައިގެން އުފައްދައިފައިވާ ، ހަމަށް ދިމާވާ ގިނަގުނަ މައްސަލަތަކަށް ހައްލު ލިބިގެންދާ ޕްރޮޑަކްޓްއެކެވެ. މިގޮތުން މީގައި ހިމެނިފައިވާ ގުދުރަތީ ބާވަތްތަކުގެ ތެރޭގައި އޮލިވް ، އެލޮވޭރާ އަދި ރޯސްހިޕް ހިމެނެއެވެ.
ދިވެހިންގެ ހަމާގުޅޭގޮތަށް ތަފާތު ކަންކަމަށް ޙާއްސަކޮށް އުފައްދާފައިވާ ގިނަގުނަ ބާވަތްތަށް މިހާރު ރާއްޖޭގެ ބާޒާރުން ލިބެން ހުންނާނެއެވެ. މިއީ ޔޫރާޕް ޤައުމެއްކަމުގައިވާ ސްޕައިންގެ އުފެއްދުމެކެވެ. މި އުފެއްދުމަކީ ޖީ.އެމް.ޕީ ( ގުޑް މެނުފެކްޗަރިންގ ޕްރެކްޓިސް ފޯރ ކޮސްމެޓިކްސް) ސެޓްފިކެޓް ލިބިފައިވާ އުފެއްދުމެކެވެ.
ބަބާރިޔާގެ ފާހަގަ ކޮށްލެވޭ ބާވަތްތަކުގެ ތެރޭގައި އެލޮވޭރާ ހިމަނައިގެން ސަންލޯޝަން މިބްރޭންޑް ގައި އުފައްދާފައިވެއެވެ. މިގޮތުން މި ސަންލޯޝަން ތަކަކީ ޔޫރަޕްގެ މާކެޓްގައި ވަރަށް ގިނަބަޔަކު ބޭނުން ކުރަމުންދާ އަދި ތަރުޙީބު ލިބިފައިވާ ލޯޝަނެކެވެ. ރާއްޖޭގެ ވަރަށްގިނަ ރިސޯޓްތަކާއި ގެސްޓް ހައުސް ހިންގާ ރަށްރަށުގައި މިޕްރޮޑަކްޓްތައް މިހާރުވެސް ވިއްކަމުންދެއެވެ.
އޮލިވް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ޕްރޮޑަކްޓް ތަކަކީ ކޮންމެ ކަހަލަ ހަމަކަށްވެސް ބޭނުން ކުރެވޭގޮތަށް ހަދާފައިވާ ޕްރޮޑަކްޓެކެވެ. އަދި މީގެ ތެރޭގައި އަލްކޮހޯލް ނުހިމަނާ އުފައްދާފައިވާ ޕްރޮޑަކްޓްތަކެއް ހިމެނެއެވެ. މިގޮތުން ޝޭންޕޫ ، ޝަވަޖެލް ، ރޯލޯން ، ބޮޑީ ލޯޝަން ، ބޮޑީ ކްރިމް އަދި ފޭސްކްރިމް ވެސް ލިބެންހުންނާނެއެވެ. މިއީ އަލްކޮހޯލް ފުރީ ޕްރޮޑަކްޓްތަށް ބޭނުންކުރާ ފަރާތްތަކަށް ހާއްސަކޮށް އެތެރެކުރާ ޕްރޮޑަކްޓެކެވެ.
އެލޮވޭރާ ހިމަނައިގެން އުފައްދާފައިވާ ޝޭންޕޫ ، ޝަވަޖެލް ، ރޯލޯން ، ބޮޑީ ލޯޝަން ، ބޮޑީ ކްރިމް އަދި ފޭސްކްރިމް ތަކަކީ ދުނިޔޭގެ ގިނަގައުމުތަކެއްގައި މަޤުބޫލުކަން ލިބި އަދި ވަރަށް ގިނަ ޤައުމުތަކެއްގައި ބޭނުން ކުރަމުންދާ ބާވަތްތަކެކެވެ. އަދި %100 ޕިޔޯ އެލޮވޭރާ ކްރިމްސްވެސް ލިބެންހުންނާނެއެވެ. މި ހުރިހާ އައިޓަމްތެކެއްވެސް މިހާރު ރާއްޖެއިން ލިބެން ހުންނާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް