ސިވިލްކޯޓުގެ ފަނޑިޔާރު ހަލީމް އިސްތިއުފާ ދެއްވައިފި

ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި މުހައަމްދު ހަލީމް ގާޒީ ކަމުން އިސްތިއުފާ ދެއްވައިފި އެވެ. ހަލީމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވެވީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހ...

22 Jan 2019 | 05:10

ސިވިލް ކޯޓުގެ ގާޒީ ކަމުގައި ހުންނެވި މުހައަމްދު ހަލީމް ގާޒީ ކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ހަލީމް ވިދާޅުވީ އޭނާ އިސްތިއުފާ ދެއްވެވީ ޝަރުއީ ދާއިރާ އިސްލާހު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފައްޓަވާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް ކަމަށެވެ.

ސިވިލް ކޯޓްގެ ގާޒީ ކަމަށް ހަލީމް ވަޑައިގެންނެވީއްސުރެ، ހިންގެވި ބޮޑެތި ބައެއް ޝަރީއަތްތަކާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް އޭނާ އަށް އަމާޒުވެފައި ވާއިރު، ހަލީމް އަކީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ހެނދުނުން ފެށިގެން ރޭގަނޑުގެ ދަންވަރާ ހަމައަށް 153 މައްސަލައެއްގެ ޝަރީއަތް ހިންގަވައި 66 މައްސަލައެއްގެ ހުކުމް އިއްވަވާ ރިކޯޑެއް ހައްދަވާފައިވާ މަޝްހޫރު ގާޒީއެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް