މަޖީދީމަގުގައި ހުންނަ މަންދު ކޮލެޖުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައިފިއެވެ.
މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މަންދު ކޮލެޖް ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާ މައްސަލައެއް ރޭ 02:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ. މި މައްސަލައާއި ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައިނުވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އިތުރަށް ބުނެފައިވަނީ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަކަމަށެވެ.
އެ ކޮލެޖުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައިވާއިރު ރޭ އެ ކޮލެޖު ކުރިމަތީގައި ބަޔަކު މުޒާހާރާއެއް ކޮށްފައިވެއެވެ. އަދި އިއްޔެ ހެނދުނުވެސް މުޒާހަރާއެއް ކޮށްފައިވެއެވެ. މުޒާހަރާ ކުރަމުން އަންނަނީއެ ކޮލެޖުގެ ވެރިޔާ އިބްރާހިމް އިސްމާއިލް (އިބްރާ) ދީނާ ފުށު އަރާ ވާހަކަތައް ދައްކަވާ ރަސޫލާއަށް ފުރައްސާރަކުރާކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް